twitterviber whatsapp telegramfacebookyoutube instagram
1st November 2025

ފެބްރުއަރީ ނިމުނުއިރު ރިޒާވްގައި 766 މިލިއަން ޑޮލަރު

ޚަދީޖާ އާދަމް
Mar 20, 2022

ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 766 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އޮފިޝަލް ރިޒާވް 700 މިލިއަން ޑޮލަރަށް ތިރިވެފައި ހުންނަތާ މިވަނީ ތިން މަސް ވެފަ އެވެ.

ރާއްޖޭގެ ޖުމްލަ ރިޒާވް އަވަސް އަވަހަށް ބަދަލުވެ އެވެ. ޑޮލަރުގެ މި ރިޒާވް މަތިވެގެންދާ މައިގަނޑު އެއް ސަބަބަކީ ތަފާތު ގޮތްގޮތަށް ދައުލަތުން ނަގާ ދަރަނިތައް ދައުލަތުގެ މާލިއްޔާއަށް ޖަމާވުމެވެ.

މި އަހަރު ފެށުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 753 މިލިއަން ޑޮލަރެވެ. އަދި މިހާރު މި އަދަދު ވަނީ 766 މިލިއަން ޑޮލަރަށް ބަދަލުވެފަ އެވެ. ރާއްޖޭގެ ޖުމްލަ ރިޒާވް ދަށްވެފައިވަނީ އިންޑިއާއިން ނަގާފައިވާ ކަރަންސީ ސްވޮޕްއެއް އަނބުރާ ދައްކާފައިވާތީ އެވެ.

އިންޑިއާ އިން ރާއްޖެ އަށް 250 މިލިއަން ޑޮލަރު -- 3.8 ބިލިއަން ރުފިޔާގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ދީފައިވަނީ 2020ގެ ޑިސެމްބަރު މަހު އެވެ. މި ސޮވްޕުގެ މުއްދަތު މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ހަ މަސް ދުވަހަށް އިތުރުކޮށް ދީފަ އެވެ. މި ކަރެންސީ ސްވޮޕް ފެސިލިޓީ ނަގާފައިވަނީ އެ ނަގާ އަދަދަކާ އެއްވަރުގެ ދިވެހި ރުފިޔާ ބަހައްޓައިގެންނެވެ.

އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ދަށުން ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހެދޭފަދަ އެއްބަސްވުމެއް ގާއިމްކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355