twitterviber whatsapp telegramfacebookyoutube instagram
9th July 2026

ރޯދަމަސް ނިމެންދެން މަސްދަޅު ވިއްކާ އަގުތައް ބޮޑު ނުކުރާނެ: މިފްކޯ

Mar 28, 2022

މަސްދަޅު އުފެއްދުމުގެ ހަރަދު ބޮޑުވިނަމަވެސް ހާއްސަ އިނާޔަތެއްގެ ގޮތުގައި ރޯދަމަސް ނިމެންދެން މަސްދަޅު ވިއްކާ އަގުތައް ބޮޑު ނުކުރާނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ފަސްމީރު މަސްދަޅުގެ މުޅިން އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން އެ ކުންފުންޏަށް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށާ އެގޮތުން މިހާރު މަސް ދަޅު އުފައްދަން އެ ކުންފުނިން ކުރާ ހަރަދު 40 އިންސައްތަ އިތުރުވެފައިވާކަމަށެވެ.

މިފްކޯގެ "ހޮޓް ޕެކް"ގެ ދަށުން މީގެ ކުރިން ތައާރަފުކުރި ބާވަތްތަކެކޭ އެއްފަދައިން މި އުފެއްދުންތަކަށްވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުންމީދުކުރެވޭކަމަށްވެސް ފައުޒީ ވަނީ ފާހަގަކުރައްވާފައެވެ.

މިފްކޯއިން ވިއްކާ ދަޅު މަހުގެ މުޅިން އާ 2 އުފެއްދުމެއް ބާޒާރަށް ނެރެފައިވާއިރު ރޯދަމަހަކީ މިފްކޯގެ އުފެއްދުންތަކަށް ޑިމާންޑް ބޮޑުވާ މަހެކެވެ.

މިފްކޯއިން އަލަށް ބާޒާރަށް ނެރެފައިވާ އުފެއްދުންތަކުގެ ތެރޭގައި ޒައިތޫނި ތެލުގައި ބަންދުކުރެވިފައިވާ ބަނޑައިދުލާއި، މިރުހާއި ލުނބޮލާއެކު ފެނުގައި ބަންދުކުރެވިފައިވާ މަސްދަޅު ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355