twitterviber whatsapp telegramfacebookyoutube instagram
16th April 2024

ޓެކާސް ކަޕުގެ ޒޯން 3 ގެ ޗެމްޕިއަންކަން މަހިބަދޫ ބަލިކޮށް މުލަކަށް

މުޙައްމަދު އަހުމަދު
Apr 1, 2022

މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ޒޯން 3 ގެ ޗެމްޕިއަންކަން ޕެނަލްޓީގައި އދ. މަހިބަދޫ ބަލިކޮށް މ. މުލަކުން އިއްޔެ ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅެވުނު ފޯރިގަދަ ފައިނަލުގައި މ. މުލައް އަދި އދ. މަހިބަދޫ ބައްދަލުކުރި މެޗު 1 - 1 ން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 6 - 5 ން މެޗު ކާމިޔާބުކޮށް ތަށި ހިއްލާލީ މުލަކުންނެވެ.

ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުލަކުގެ ޖޯޒީ ނަމްބަރު 10 އާދަމް ޝަހީމް އެވެ. އޭނާގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު ޖުމްލަ ގޮތެއްގައި ބަލާއިރު އިއްޔެގެ ފައިނަލުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ އަދި ވާދަވެރި ކުޅުމެކެވެ.

މުލަކުން ޒޯން 3 ގެ ފައިނަލަށް ދަތުރުކުރީ މ އަތޮޅު ފައިނަލުގައި މުލައް ބަލިކޮށްގެންނެވެ. އަދި މަހިބަދޫ ފައިނަލާ ހިސާބަށް އައީ އެ ޒޯންގެ ބްލޮކް 1 ގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ބްލޮކް 1 ގެ ފައިނަލުގައި މަހިބަދޫއިން ވަނީ 6 - 2 ގެ ނަތީޖާއަކުން ކ. މާފުށި ބަލިކޮށްފަ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.

މިއީ ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355