އެމްއެލް އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް ކާޑުން ކުރާ ވިޔަފާރި ތަކަށް ހާއްސަ ކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަން އަކީ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ޕްރޮމޯޝަނެއެކެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިމަހު އެކަކުން މެއި ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންއާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެއެވެ.
ބީއެމްއެލްއަކީ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ރާއްޖޭގައި އެންމެ ފުޅާކޮށް ހިދުމަތްދޭ ކާޑު ނެޓްވޯކް އެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެކްސްކުލޫސިވްކޮށް އެމެރިކަން އެކްސްޕްރެސް ހިދުމަތްދެމުންދާ ބޭންކް އެވެ.