twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކުރި މީހުންނަށް ތަމްރީން ދެނީ

ޚަދީޖާ އާދަމް
Apr 5, 2022

ކޮވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކުރި މީހުންނަށް ތަމްރީން ދޭން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

މި ތަމްރީން ދިނުމަށް ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑްބޭންކް ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުންނެވެ.

އެގޮތުން ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖްކެޓުގެ ދަށުން ވަޒީފާއަށް ބޭނުންވާ ތަމްރީން އަދި ކޯހާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރި ކުރުމަށް ބޭނުންވާ ހުނަރާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މައިގަނޑު ތިން ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އެއީ؛

(ހ) އެކައުންޓިން ދާއިރާ
(ށ) އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ
(ނ) ޑައިވިންގ ދާއިރާ

މީގެ އިތުރުން އެޕްރެންޓިސްޝިޕް ޕްރޮގްރާމަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި ޕްރޮޖެކްޓުގެ ދަށުން ރާވާފައިވާ ޕްރޮގްރާމްތަކަށް އެދި ހުށަހެޅުމަށް މި މަހުގެ ތެރޭގައި ހުޅުވާލާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355