twitterviber whatsapp telegramfacebookyoutube instagram
7th May 2024

ކޮމިއުނިޓީ ފަންޑުގެ ދަށުން ފެލިދޫ އަދި ހެނބަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި

Apr 11, 2022
2

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ވ. ފެލިދު އާއި ނ. ހެނބަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި ކަމަށް އެ ބޭންކުން ބުނެފިއެވެ.

ކޮމިއުނިޓީ ފަންޑްގެ އެހީގައި ފެލިދޫގައި ވަނީ ކޮމިއުނިޓީ ޕިކްނިކް ސަރަހައްދެއް ހަދައިފަ އެވެ. އެއީ ފެލިދޫ ޒުވާން އެކުވެރިންގެ ދިރުން ޖަމިއްޔާ އިން ޕްރޮޕޯސަލް ހުށަހަޅައިގެން ހިންގި ޕްރޮޖެކްޓެކެވެ.

އެ ޕިކްނިކް ސަރަހައްދު ތަރައްގީ ކުރީ ރަށުގެ މީހުންގެ އިތުރުން އެ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި ކައިރި ރަށްރަށުން ދާ މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށެވެ. އެތަން ބޭނުންކުރާ މީހުންނަަށް ތިބެވޭ ގޮތަށް އުނދޯއްޔާއި ޖޯލި ބަހައްޓާފައިވާއިރު، ބާބެކިއު ސްޓޭންޑް އަދި އައުޓްޑޯ ޝަވަރެއް ވެސް ހުރެ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން އެ ޕްރޮޖެކްޓް ކާމިޔާބުކުރި ހާމިދު ރަޝީދު ވަނީ ހެނބަދޫގައި ވެސް ބާބެކިއު ސަރަހައްދެއް ގާއިމުކޮށްފަ އެވެ. އެ ތަނުގައި ބާބެކިއު ސްޓޭންޑާއި ޖޯލި ފަތި އަދި ހޮޅުއަށި ބަހައްޓައި ކުޑަ ލައިބްރަރީއަކާއި މަސްކެނޑުމަށް ބޭނުންކުރާނެ އަށްޓެއް ވަނީ ހަދައިފަ އެވެ. އަދި ތަކެތި ރައްކާކުރުމަށް ސްޓޯރެއް ވެސް ހުރެ އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. އެ ފަންޑުގެ ދަށުން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޖެކްޓަކަށް އެހީވެ އެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355