twitterviber whatsapp telegramfacebookyoutube instagram
8th December 2025

ޗެމްޕިއަންސް ލީގުން ކެޓުމުން ބަޔާންގެ ކޯޗަށް މަރުގެ އިންޒާރުގެ މެސެޖުތަކެއް

މުޙައްމަދު އަހުމަދު
Apr 16, 2022

ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އަތުން ހަނިތަފާތަކުން ބަލިވެ މުބާރާތުން ކެޓުމުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަންއަށް އިންސްޓަގްރާމުގެ އެކި އެކަންޓުތައް މެދުވެރިކޮށް 450 މަރުގެ އިންޒާރު އައިސްފައިވާކަމަށް ބުނެފި އެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ވިޔަރެއާލުން ވަނީ އަމިއްލަ ދަނޑުގައި 1 - 0 އިން ބަޔާން ބަލިކޮށްފައިވާއިރު ދެވަނަ ލެގުގައި 1 - 1 އިން އެއްވަރުވެ އެގްރިގޭޓު 2 - 1 ން ކުރިހޯދީ ވިޔަރެއާލުންނެވެ.

ވިޔަރެއާލް އަތުން ބަޔާން ކެޓުމުން ޖަރުމަނު މީޑިއާ އިން ވަނީ ނާގަލްސްމަން އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ނާގަލްސްމަން ބުނިގޮތުގައި ބަޔާން ފަދަ ޓީމަކާ ހަވާލުވެ ހުންނައިރު ފާޑުކިޔުން އަމާޒުވާނެކަން އެނގޭ ކަމަށެވެ.

ހުރިހާ ދިމާލަކުން އަންނަ ފާޑުކިޔުންތަކާ ކުރިމަތިލެވިދާނެކަމަށާއި އެއީ މި ވަޒީފާ ގެ ބައެއް ކަމަށް ނާގަލްސްމަން ބުންޏެވެ. އެހެންނަމަވެސް އިންސްޓަގްރާމް މެދުވެރިކޮށް 450 މަރުގެ އިންޒާރުގެ މެސެޖް އައިކަމަށާއި އެކަހަލަ ކަންކަމަކީ ކުރިމަތިލާން އެހާ ފަސޭހަކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355