twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮންމެ ދޯންޏަކުން ހަތް ޓަނުގެ މަސް ކިރަނީ

ޚަދީޖާ އާދަމް
Apr 17, 2022
1

މިއަދުން ފެށިގެން ކޮންމެ ދޯންޏަކުން ހަތް ޓަނުގެ މަސް ކިރާ ގޮތަށް ނިންމާ އެކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އިއުލާނު ކޮށްފި އެވެ.

މިފްކޯ އިން ބުނީ މަސްވެރީން ބާނާ މަސް އަދިވެސް ހުރީ އެއް ވަރެއްގައި ހިފެހެއްޓިފައި ކަމަށް ވުމުން ކެޕޭސިޓީ އާއި އެއްވަރަށް މެނޭޖް ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ ނިންްމުމާއެކު ދޯންޏަކުން ކިރާނީ ހަތް ޓަނުގެ މަސް ކަމަށް ވަނީ ހަމަޖައްސާފައެވެ.

މިފްކޯ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރާ ފްރީޒް ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެ ކަމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން އޭޕްރީލް ހަ ވަނަ ދުވަހުން ފެށިގެން މަސް ގަންނަމުން އައީ ކިއު ތަރުތީބުން ކޮންޓްރޯލް ކޮށްގެން ކަމަށެވެ.

ނަމަވެސް އައިސް އަޅާފައި ހުރި ދޯނިތަކުގައި ހުރި މަސްތައް ހަލާކުވެދާނެތީ އަވަސް ކުރުމުގެ ގޮތުން އޭޕްރީލް 12 ވަނަ ދުވަހުން ގެށިެގން ކޮންޓްރޯލް ކުރުމަކާއި ނުލައި މަސް ކިރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް މިމަހު 15ގެ ނިޔަލަށް ކިއު ތަރުތީބުން ހުރިހާ ދޯނިތަކުގެ މަސް ކިރާ ނިމިފައިވާ ކަމަށެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ ކޫއްޑޫ ބަނދަރުގައި އޮތް ހުރިހާ ދޯންޏެއްގެ މަސް ގަންނަން ނިންމިއިރު ކިޔުގައި 63 ދޯނި އޮތް ކަމަށެވެ. އަދި އެ ހުރިހާ ދޯންޏެއްގެ މަސް ގަނެ ނިމުނުއިރު 900 ޓަނުގެ މަސް ގަނެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355