ބީއެމްއެލް އިސްލާމިކްއިން ވިޔަފާރިތަކަށް ޚާއްޞަކޮށް މާސްޓާ ޑެބިޓް ކާޑެއް މިއަދު ތައާރަފްކޮށްފިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކުރިއަރަމުންދާ ވިޔަފާރިތަކަށް އެހީވުމަށް އެންމެ އެކަށޭނަ ބޭންކިން ހައްލުތައް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އައު ޕޭމަންޓް ނިޒާމެއް ތައާރަފް ކުރެވޭކަމީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.
އެގޮތުން ބީއެމްއެލް އިސްލާމިކްއިން އަލަށް ތައާރަފްކުރި ކާޑުން ބިޒްނަސް އެކައުންޓު ބޭނުންކުރުމަށް ފަސޭހަވެ، ވިޔަފާރީގެ ޚަރަދުތައް ބެލެހެއްޓުމަށާއި ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ބަލަހައްޓަން ފަސޭހަވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މި ކާޑު ބޭނުންކުރެވޭނެއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ އެހެނިހެން ކާޑުތަކެކޭ އެއްފަދައިން އަލަށް ތައާރަފްކުރި މާސްޓަކާޑު ބިޒްނަސް ޑެބިޓް ކާޑުގައިވެސް އެންމެ ފަހުގެ ސެކިއުރިޓީ ފީޗާތައް އެކުލެވެއެވެ.
ބީއެމްއެލް އިސްލާމިކް ބިޒްނަސް ޑެބިޓް ކާޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.