twitterviber whatsapp telegramfacebookyoutube instagram
5th June 2025

ޕެލަސް ބަލިކޮށް ޗެލްސީ އެފްއޭ ކަޕް ފައިނަލަށް، ނުކުންނާނީ ލިވަޕޫލާ ދެކޮޅަށް

މުޙައްމަދު އަހުމަދު
Apr 18, 2022

ކްރިސްޓަލް ޕެލަސް 2 - 0 ން ބަލިކޮށް ޗެލްސީން 16 ވަނަ ފަހަރަށް އެފްއޭ ކަޕް ފައިނަލަށް ދަތުރުކުރިއިރު ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

މިމެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމިފައިވަނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ޗެލްސީން ލަނޑުޖަހާ ލީޑު ނެގީ 65 ވަނަ މިނެޓުގައި ލޮފްޓަސް ޗީކް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި 76 ވަނަ މިނެޓުގައި ވާނާ ތަނަވަސްކޮށްދިން ފުރުސަތަކުން މޭސަން މައުންޓް ޗެލްސީއަށް ލީޑު ފުޅާކޮށްދިނެވެ.

މެޗުގައި ޗެލްސީއަށް ވަނީ ދެވަނަ ލަނޑަށް ފަހު ވެސް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. ޗެލްސީން މިވަނީ މިމުބާރާތުގެ ފައިނަލަށް 16 ވަނަ ފަހަރަށް ދަތުރުކޮށްފަ އެވެ.

އަށްފަހަރުގެ ޗެމްޕިއަން ޗެލްސީން ފައިނަލުގައި ނުކުންނަން ޖެހޭނީ މިމުބާރާތުގެ ޗެމްޕިއަންކަން 7 ފަހަރު ހޯދާފައިވާ ލިވަޕޫލާ ދެކޮޅަށެވެ. ލިވަޕޫލުން ފައިނަލަށް ދިޔައީ ސެމީގައި މެންޗެސްޓަރ ސިޓީ ބަލިކޮށްގެންނެވެ.

ލިވަޕޫލާ ޗެލްސީ ބައްދަލުކުރާ ފައިނަލު މެޗު އޮންނާނީ އަންނަ މެއިމަހުގެ 14 ވަނަ ދުވަހު ރާއްޖެގަޑިން 19:00 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355