twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސްމާޓް ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ނަބާ، ނަބީ އަދި ޒަޔާން ވާދަކުރަނީ

މުޙައްމަދު އަހުމަދު
Apr 18, 2022

ސްމާޓް ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕް 2022 ގައި ރާއްޖޭގެ ބެޑްމިންޓަން ތަރިން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ އަދި ޒަޔާން ޒަކީ ވާދަކުރަން ނިންމައިފި އެވެ.

އޭޝިއާގެ މަތީ ފަންތީގެ މިމުބާރާތަކީ ފިލިޕީންސްގައި މި މަހު 26 އިން އަންނަ މަހު އެއް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތެކެވެ. ޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގްރޭޑް ޓޫ، މުބާރާތެއް ކަމަށްވާ މިމުބާރާތުގައި ކޮންމެ އިވެންޓެއްގެ މެއިން ޑްރޯގައި ހިމެނެނީ 28 ކުޅުންތެރިން ނޫނީ ޕެއާ އެވެ.

ކޮލިފައިން ބުރުގައި 12 ކުޅުންތެރިން ނޫނީ ޕެއާ ވާދަކޮށްގެން މެއިން ޑްރޯ އަށް އާދެވޭނީ ހަތަރު ކުޅުންތެރިން ނޫނީ ޕެއާ އަށެވެ.

ފިރިހެން ސިންގަލްސް ކޮލިފައިންގައި ޒަޔާން ވާދަކުރާއިރު ނަބާހާއާއި އަންހެން ސިންގަލްސްގެ ކޮލިފައިންގައި ނަބާހާ އެވެ. ނަބާހާ ކޮލިފައިންގައި ހިމެނެނީ ފިލިޕީންސްގެ ޖަނެލް އޭން އަންދްރެސް އާއި އިންޑޮނީޝިއާގެ ސްޓެފަނީ ވިޑްޔާޔާ އެކު ކޮލިފައިން ގްރޫޕް ބީގަ އެވެ.

ޒަޔާން ހިމެނެނީ ޗައިނާގެ ވެން ހޮން ޔަން އާއި މިޔަންމާގެ ފޯން ޕަޔެ ނިއާންއާ އެކު ކޮލިފައިން ގްރޫޕް ބީގަ އެވެ. މެއިން ޑްރޯގައި އަންހެން ޑަބަލްސްއާއި މިކްސް ޑަބަލްސްގައި ރާއްޖޭއިން ވާދަކުރާއިރު އަންހެން ޑަބަލްސްގައި ނަބާހާ އާއި ނަބީހާގެ ޕެއާ ކުޅެން ޖެހިފައިވަނީ ދެވަނައަށް ސީޑްކޮށްފައިވާ ދެކުނު ކޮރެއާގެ ލީ ސޮހީ އާއި ޝިން ސުއެންޝަންގެ ޕެއާއާ އެވެ.

މިކްސް ޑަބަލްސް އިވެންޓްގައި ޖަޕާނުގެ ހިރޯކީ މިޑޮރިކާވާ އާއި ނަޓްސޫ ސައިޓޯގެ ޕެއާއާ ދެކޮޅަށް ޒަޔާން އާއި ނަބާހާގެ ޕެއާ ނުކުންނާނެ އެވެ.

ދިވެހި ކުޅުންތެރިން ރޭންކިން މައްޗަށް ޖައްސާލަން މިމުބާރާތް ބޮޑު ފުރުސަތަކަށް ވާއިރު މި ފުރުސަތުގައި އޭޝިއާގެ އެކި ގައުމުތަކުގެފެންވަރު ރަނގަޅު ކުޅުންތެރިން ވާދަކުރާއިރު އެކުޅުންތެރިންނާއެކު ކުޅެލަން ލިބުމަކީ ދިވެހި ކުޅުންތެރިންގެ އިންޑިވިޖުއަލް ޕާފޯމަންސަށް ވެސް ލިބިގެންދާނެ ކުރިއެރުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355