twitterviber whatsapp telegramfacebookyoutube instagram
17th February 2026

ހަނގުރާމަ ދިގު ދެމިގެންދާނަމަ ދަތިތަކެއް ކުރިމަތިވާނެ

Apr 23, 2022
1

ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަ ދިގު ދެމިގެންދާކަމުގައިވާނަމަ ދަތިތަކެއް ކުރިމަތިވާނެކަމަށާއި އެހެންކަމުން ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން އިގްތިސޯދަށް އަރާފާނެ ލޮޅުންތަކަށް ސަރުކާރު އޮތީ ސަމާލުވެގެންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑާއެކު ޝިޕިންގ އިންޑަސްޓްރީއަށް ލޮޅުންތަކެއް އަރާފައިވާއިރު، މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުންވެސް އެ ސިނާއަތަށް ބޮޑު ލޮޅުމެއް އަރާފައިވާކަމަށެވެ. އެގޮތުން 2000 ޑޮލަރަށް ގެނެވޭ ކޮންޓެއިނަރުތައް 6000 ޑޮލަރަށް އަރައިގެން ގޮސްފައިވާ ކަމަށާއި މުޅި ޔޫރަޕްގެ ޝިޕިންގ ލޮޖިސްޓިކްސްއަށް ވަރަށް ބޮޑު ބުރޫއެއް އަރާފައިވާކަމަށެވެ.

ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައަށް ވާނީ ކިހިނެތްކަން ކަށަވަރުވާއިރު، ރައްޔިތުންނާއި ވިޔަފާރިތަކުންވެސް ސަމާލުވެ ތިބެންޖެހޭކަމަށާއި އިސްރާފުނުކޮށް، ރަނގަޅު ކަންކަމަށް ހަރަދުކުރުމާއި، .ވިޔަފާރިތަކުންވެސް ގެއްލުންވިހާވެސް ކުޑަވާނެ ގޮތަކަށް އިންވެސްޓްކުރުން މުހިއްމުކަން މިނިސްްޓަރ ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355