twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރިސޯޓް ހަދަން ދޫކުރި 7 ރަށުން ސަރުކާރަށް 190 މިލިއަން

ޚަދީޖާ އާދަމް
Apr 24, 2022
1

ރިސޯޓު ހަދަން މި ސަރުކާރުން އެންމެ ފަހުން ހަވާލު ކުރަން ނިންމި ހަތް ރަށުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނީ 12.4 މިލިއަން ޑޮލަރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ ރަށްތަކުން ސަރުކާރަށް ލިބޭނެކަމަށް ލަފާކުރީ 148 މިލިއަން ރުފިޔާނަމަވެސް 190 މިލިއަން ރުފިޔާ ލިބޭނެކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓު ހަދަން 18 ރަށް ދޫކޮށް މީގެ ތެރެއިން ބިޑް ހުށަހެޅި ފަރާތްތަކަށް ހަތް ރަށް ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. މި ރަށްތަކުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 11،8 ޑޮލަރު ލިބޭނެ އެވެ. މީގެ މި ފަރާތްތަކުން ޓޫރިޒަމް ޓްރެއިނިން ފަންޑަށް 637،121 ޑޮލަރު ދައްކާނެ އެވެ.

ރިސޯޓް ހަދަން ދޫކުރި ރަށްތަކުގެ އަގު

  • ހއ. އަލިދުއްފަރުފިނޮޅު: ކުލި 390،000.00 ޑޮލަރު، ޓްރެއިނިން ފަންޑަށް 7،000.00 ޑޮލަރު
  • މ. ސީދީހުރާ (މ. ސީދީހުރާ ވެލިގަނޑާ އެކު) ކުލި 1,5 މިލިއަން ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 120،000.00 ޑޮލަރު
  • ފ. އެނބުލުފުށި: ކުލި 3،6 މިލިއަން ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު
  • ފ. ޖިންނަތުގައު: ކުލި ދެ މިލިއަން ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 200،121.00 ޑޮލަރު
  • ގދ. ކަނޑަހަލަގަލާ: ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2،8 މިލިއަން ޑޮލަރު، ޓޫރިޒަމް ޓްރެއިނިންއަށް 150،000.00 ޑޮލަރު
  • ގދ. ފެރޭތަވިލިގިއްލާ (ގދ. ދެކާނބަ، ގދ. ކޮޑެރެޓާ އަދިއާއެކު އެކު) ކުލި 702،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 5،000.00 ޑޮލަރު

މި އަހަރުގެ ބަޖެޓުގައިވާ ގޮތުން ރިސޯޓު ކުއްޔަށް ދީގެން މި އަހަރު ލިބޭނެ ކަމަށް ބެލެވެނީ 148 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާރު އެވޯޑު ކުރި ރަށްތައް ނެގި ފަރާތްތަކުން 90 ދުވަހުގެ ތެރޭގައި އެކުއެޒިޝަން ކޮސްޓް ދައްކައިފިނަމަ ޓްރޭނިން ފަންޑަށް ދައްކާ އަދަދު ހިމަނައިގެން ބަލައިފިނަމަ ދައުލަތަށް 193 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި ހަމައެކަނި ކުލިން ބެލިނަމަ 171 މިލިއަން ރުފިޔާ ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355