twitterviber whatsapp telegramfacebookyoutube instagram
9th May 2026

ރިސޯޓްތަކެއް ތަރައްގީކޮށް ލިބޭ ފައިދާ ރައްޔިތުންނަށް ބަހަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Feb 5, 2026

ސަރުކާރުން 10 ރިސޯޓް ތަރައްގީކޮށް، އެ ރިސޯޓްތަކުގެ ހިއްސާ ރައްޔިތުންނަށް ހަމަހަމަކޮށް ބަލައި ކޮންމެ ރައްޔިތަކު އެ ކައުންޓަށް ޑޮލަރު ޖަމާކޮށް ދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.

ރައްޔިތުން މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، މަދުވެގެން 10 ރިސޯޓު ސަރުކާރުން ތަރައްގީކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ޑޮލަރު ޖަމާކޮށްދޭނެ ކަމަށެވެ.

"މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ދޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނަން." ރައީސް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުން ލިބޭ ފައިސާ ދިވެހި އައިޑީކާޑު އޮތް ކޮންމެ ދިވެއްސަކަށް ލިބޭނެ ކަމަށާއި އަންދާޒާ ކުރެވޭ ގޮތުގައި މި އިންވެސްޓްމެންޓުން ލިބޭ ފައިދާ 2030 އިން ފެށިގެން ޖަމާ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން ސަރުކާރުން ތަރައްގީކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާ ގާނޫނަކުން ހުރިހާ ރައްޔިތުންނަށް ވެސް ބަހައިލައްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355