twitterviber whatsapp telegramfacebookyoutube instagram
18th November 2025

ފަތުރުވެރިކަން ދަށް އަތޮޅުތަކުގައި އެނދު އިތުރުކުރެވި ރައްޔިތުންނަށް އޭގެ މުއްސަނދިކަން ލިބިގެންދާނެ: ރައީސް

ޚަދީޖާ އާދަމް
Nov 18, 2025

ފަތުރުވެރިކަން އެންމެ ދަށް ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، ފަތުރުވެރިކަމުގެ އެނދުތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވި، ރައްޔިތުންނަށް އޭގެ މުއްސަނދިކަން ލިބިގެންދާނެކަމުގައި ރައީސް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104 ރަސްމިއްޔާތު" ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރިކަން ފުޅާކުރުމަށް މިހާތަނަށް ޖުމްލަ 6223 އެނދު ރަޖިސްޓްރީ ކުރެވިފައިވާކަމުގައި ކަމަށާއި ފަތުރުވެރިކަން ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ގެންދިއުމުގެ ސިޔާސަތުގެ ތެރޭގައި ހިނެނިގެން ހދ ނާގޯށި ތަރައްގީކުރުމަށްޓަކާ ސަރުކާރުން އެހީތެރިކަންދީގެން މަސައްކަތް ފަަށާފައިވާ ކަމަށެވެ.

އަދި ހަމަ އެގޮތަށް، އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓު މިއަހަރު ނިމޭއިރު ހުޅުވާނެކަމުގެ ޔަގީންކަން އެތަނުގެ އޯނަރުން ދެއްވާފައިވާކަމުގައި އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. މީގެއިތުރުން އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމްގެ މަޝްރޫޢެއްގައިވެސް ސޮއިކުރެވިފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް ހަންކެޑޭގެ މަޝްރޫއަށްށްވެސް އިންވެސްޓްކުރާ ފަރާތުން ލީޒް އެކުއިޒިޝަން ކޮސްޓް ދައްކައި އެއްބަސްވުމުގައި ސޮއިކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރު އައިއިރު މަސްވެރިން ތިބީ ބިކަވެ ދޫކޮށްލާފައި ކަމަށާއި މި ސަރުކާރުން މަސްވެރިންނަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރައީސް ވިދާޅުވީ، އެތައް އައިސްޕްލާންޓެއް މަރާމާތުކޮށް އަލަށް 4 ރަށެއްގައި އައިސްޕްލާންޓް ހުޅުވި، 6 ރަށެއްގައި މަސައްކަތް ހިނގަމުންދާކަމަށާއި އާރް.އެސް.ޑަބްލިއު ލޯނު ދީގެންވެސް އެތައް ދޯންޏެއްގައި މި ނިޒާމު ގާއިމުކޮށްފައިވާ ކަމަށެވެ.

އަދި ބީއެމްއެލުން މިހާރުވެސް އާރް.އެސް.ޑަބްލިއު ގާއިމުކުރުމަށް އާ ފުރުސަތެއް ހުޅުވާލައިފައިވާކަމަށާއި މި ދައުރު ފެށުނުއިރު 9500 ޓަނުގައި ހުރި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މި ފަސް އަހަރު ނިމޭއިރު 24500 އަށް އިތުރުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެއިތުރުން ކޫއްޑޫ އިތުރަށް ތަރައްގީ ކުރަމުންދާކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މިސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީހުރި ދުއިސައްތަ އެތައް މިލިއަނެއްގެ ފައިސާ ޚަލާސްކޮށް، މިދިޔަ ޑިސެންބަރު 10 އިން ފެށިގެން އެންމެ ދުވަހެއްވެސް ނުވެއްޓި ބަރާބަރަށް ފައިސާ ދެމުންދާކަމުގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355