twitterviber whatsapp telegramfacebookyoutube instagram
29th March 2026

ޗެމްޕިއަންސް ލީގުގެ ސެމީގައި ރެއާލުން ސިޓީއާ ދެކޮޅަށް، ލިވަޕޫލާއި ވިޔަރެއާލްގެ ކުރިމަތިލުމެއް

މުޙައްމަދު އަހުމަދު
Apr 26, 2022

ޔޫރަޕުގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކުރީގައި އޮތް ދެ ޓީމު ކަމަށްވާ ލިވަޕޫލާއި މެންޗެސްޓަރ ސިޓީން ސްޕެއިންގެ ގަދަބާރު ރެއާލާއި ވިޔަރެއާލާއި ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

މިރޭ ކުޅެވޭ ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ޕެޕް ގާޑިއޯލާގެ ސިޓީއާއި އަންޗެލޮޓީގެ ރެއާލް މެޑްރިޑެވެ. 13 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމެވެ.

އަނެއްކޮޅުން ބަލާއިރު މެންޗެސްޓަރ ސިޓީއަށް މިމުބާރާތުގެ ޗެމްޕިއަންކަން މިހާތަނަށް ލިބިފައެއް ނުވެ އެވެ. ސިޓީން މިދިޔަ ސީޒަނުގެ ފައިނަލުގައި ވެސް ކުޅުނެވެ. އެހެންނަމަވެސް ފައިނަލުގައި އެޓީމު ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ.

ސިޓީ އާއި ރެއާލް މީގެކުރިން 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބައްދަލުކުރި އެވެ. އެފަހަރު ސިޓީ ބަލިކޮށް ފައިނަލުން ޖާގަ ހޯދީ ރެއާލެވެ. އަދި 2020 ވަނަ އަހަރުގެ ގަދަ 16 ގައި ސިޓީން ވަނީ ރެއާލް ކަޓުވާލާފަ އެވެ.

ސިޓީ އަދި ރެއާލް ބައްދަލުކުރާ ސެމީ ފައިނަލުގެ ފުރަތަމަ ލެގު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. އަދި ދެވަނަ ސެމީގެ ފުރަތަމަ ލެގުގައި ލިވަޕޫލާއި ވިޔަރެއާލް ބައްދަލުކުރާ މެޗު ފަށަން ހަމަޖެހިފައިވަނީ މާދަމާ ރޭ ދަންވަރު 12 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355