twitterviber whatsapp telegramfacebookyoutube instagram
7th May 2024

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އަނެއްކާވެސް އިތުރުވަނީ

Apr 27, 2022

މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާވެސް އިންތިހާއަށް އިތުރުވެފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ސޯޝަލް މީޑިއާ އެކައުންޓުތަކުގެ އެކްސެސް ހޯދައި، އެ އެކަންޓުތައް ބޭނުން ކޮށްގެންނާއި ބައެއް ފޭކު ޕޭޖުތައް ހަދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު އެ ބޭންކަށް ވަނީ ލިބިފައެވެ. އަދި ފައިސާ ހޯދުމަށް ފޯނު ކުރާއިރު ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށް ވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މީގެ އިތުރުން ބޭންކާއި ތަފާތު ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކިންއާ ގުޅޭ މައުލޫމާތު ހޯދާ، އިންޓަަނެޓު ބޭންކިން މެދުވެރިކޮށް އެކައުންޓުން މުއާމަލާތު ކޮށްފައިވާކަމުގެ ޝަކުވާތައް ވެސް ބީއެމްއެލްއަށް ލިބިފައިވާކަމަށް އެ ބޭންކުން ބުންޏެވެ. އަދި އެފަދަ ހާލަތްތަކުގައި ކަސްޓަމަރުން އޯޓީޕީ ހިއްސާކޮށްފައިވާކަން ވެސް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަަކަށް ޖަވާބު ނުދިނުމަށާއި އެކި ނަންނަމުގައި ކުރާ ކޯލްތަކަށް ވެސް އަމިއްލަ އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާނުކުރުމަށާއި ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.

ހަމައެއާއެކު، ސައްހަކަން ކަށަވަރު ނުކުރެވޭ ބަޔަކާ އެކު ފައިސާގެ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވެ، ވީހާ ވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބީއެމްއެލުން ވަނީ އިލްތިމާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355