twitterviber whatsapp telegramfacebookyoutube instagram
29th March 2026

ލިވަޕޫލުން ވިޔަރެއާލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

މުޙައްމަދު އަހުމަދު
Apr 28, 2022

ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި އިނގިރޭސި ކުލަބް ލިވަޕޫލުން ސްޕެއިންގެ ވިޔަރެއާލް ބަލިކޮށް ފައިނަލުގެ އުއްމީދު ބޮޑުކޮށްފި އެވެ.

ރޭ ކުޅެވުނު މެޗުގައި 2 - 0 ވިޔަރެއާލް ބަލިކޮށް ލިވަޕޫލުން ފައިނަލާ ގާތަށް ޖެހިލިއިރު ރޭގެ މެޗުގައި މުޅި މެޗު ޑޮމިނޭޓްކޮށް ކުޅުނީ ލިވަޕޫލުންނެވެ. ރޭގެ މޮޅާއެކު އަންނަ ހަފްތާ ވިޔަރެއާލްގެ ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނުއިރު ލިވަޕޫލުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 53 ވަނަ މިނެޓުގައި ވިޔަރެއާލްގެ ފުލްބެކް، ޕާވިސް އެސްޓޫޕީނިއާން އަތުން ބައިކޮޅަށް ވަން ލަނޑާއެކު އެވެ.

އޭގެ ދެމިނެޓު ފަހު ސަލާހުގެ އެސިސްޓަކުން މާނޭ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފަ އެވެ. ރޭގެ މެޗުގައި ލިވަޕޫލަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު ވިޔަރެއާލްގެ އެޓޭކް ފެނުނީ ވަރަށް ދަށްކޮށެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ޗެމްޕިއަންސް ލީގުގެ ފައިނަލް އޮތްއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 4-3 އިން ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355