ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ''ބީއެމްއެލް ވައު ކިޑްސް ރަން 2022'' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެއް ކިލޯ މީޓަރުން ފެށިގެން ހަތަރު ކިލޯ މީޓަރަށް ކުރިއަށްގެންދާ ދުުވުން ފަށާނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 06:10 ގަ އެވެ. ހުޅުމާލޭގައި ބާއްވާ މި ދުވުން ކުރިއަށް ގެންދަން ނިންމާފައިވަނީ ހަަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ.
- ހަތަރު ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:10 (10-12 އުމުރުފުރާގެ ކުދިން)
- ތިން ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:30 (8-10 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު)
- ދެ ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:50 (06-08 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު)
- އެއް ކިލޯ މީޓަރުގެ ދުވުން ހެނދުނު 07:10 (04-06 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު)