ކުޅުދުއްފުށީގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް މިއަހަރު ތެރޭގައި ބޭއްވޭނެކަމަށް އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ކުލަބް ކޮރަލްސްއިން އިއްޔެ ބޭއްވި މަސްރޭސް ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ، މިރަށުގެ ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މިއަހަރުގެ ތެރޭގައި ކުލަބް ކޮރަލްސްއާ ފާރޮށި ބޭކަރީ ގުޅިގެން ކުރިއަށް ބޭއްވޭނެ ކަމަށެވެ.
""މިރަށުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް މިއަހަރުގެ ތެރޭގައި ހަމަ ކުލަބް ކޮރަލްސްއާ ފާރޮށި ބޭކަރީ ގުޅިގެން ގެންގޮސްދޭނެ"ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފް
އެމްޕީ ޔާސިރު ވިދާޅުވީ އެންމެ ބޮޑު މަސްރޭސް އިންތިޒާމުކުރުމުގެ އިތުރުން މި އީދުގައި މިރަށުގެ ކުދިބޮޑު ޒުވާނުންނާ އެކީގައި އެންމެން އެއްތާކުން ބައްދަލުވެ ވާހަކަ ދައްކާލުމުގެ ފުރުސަތު ހަގީގަތުގައި ލިބުނުކަމީ ވެސް ނުހަނު އުފާކުރާ ކަމެއް ކަމަށެވެ. އަދި ޖަމިއްޔާތަކުން މިރަށުގެ މި މުޖުތަމައުގެ ވެށި އަމާންކަން މަތީ ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކަކީ ހަމަ ޔަގީނުންވެސް އެންމެން ވެސް ނުހަނު އުފަލާ އެކީގައި ބަލައިގަންނަ ކަމެއް ކަމަށެވެ.
ޔާސިރު އިތުރަށް ވިދާޅުވީ މިރޭގެ މަސްވެރިކަން އެހާ ރަނގަޅު ނޫންކަމަށް ބައެއް ބޭފުޅުން ފާހަގަކުރެއްވިޔަސް މަސްވެރިކަން ފެންނަނީ ވަރަށް ރަނގަޅަށް ކަމަށާއި އަދި މަދުން މަސް ބޭނި ޓީމުތައް ވެސް އެއްވެސް ވަރަކަށް ނަނުތައް ފޮރުވާނެ ކަމެއް ނެތް ކަމަށެވެ.
އެއީ ކުލަބް ކޮރަލްސްގެ އަދި ފާރޮށި ބޭކަރީގެ ގުޅިގެން މިއަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމައަށް މިމުބާރާތް ކުރިއަށް ގެންގޮސްދޭނެ ކަމަށް ކޮރަލްސްއިން ހާމަކުރާ ކަމަށް ޔާސިރު ވަނީ ވިދާވެފަ އެވެ.
މުބާރާތްތައް އިންތިޒާމުކުރުމުގައި އެހީވާ ފަރާތްތައް ހާއްސަކޮށް ވިޔަފާރިވެރިންނާއި ގުޅިގެން ޖަމިއްޔާތަކުން މިގެންދާ މަސައްކަތްތަކަކީ ހަގީގަތުގައި އެންމެން އުފަލާ އެކީގައި ބަލައިގަންނަން ޖެހޭ ކަންތައްތަކެއްކަން ޔާސިރު ފާހަގަކުރެއްވި އެވެ.