twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ އެއާޕޯޓަށް ބާރުބޮޑުވެ، ފުލައިޓް އިތުރު ކުރަނީ

ނަބީލާ އިސްމާޢީލް
May 10, 2022
8

ކުޅުދުއްފުށީ އެއާޕޯޓުގެ ބާރުބޮޑުވެ ފުލައިޓް އިތުރުކުރަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން އިން ނިންމައިފި އެވެ.

އޮންލައިން ނޫސް ދައުރަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުތައް އިތުރުކޮށް އެތެރޭގެ އުދުހުންތައް އެންމެ ބާރުބޮޑުވާ މަންޒިލްތަކަށް މިއަހަރުގެ މެދެއްހާ ހިސާބުގައި ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އެ އެއާލައިނުން ދަތުރު ކުރާ މަންޒިލްތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި ފުވައްމުލައް އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ވަރަށް ބާރުބޮޑުވާ ކަމަށެވެ. އެހެން ކަމުން މިމަންޒިލްތަކަށް ޑިމާންޑަށް ކޭޓާ ކުރަން މޯލްޑިވިއަންއަށް ދަތިތަކާ ކުރިމަތިވާކަމަށެވެ.

ނަމަވެސް އެކަން ނުވެގެން އުޅެނީ، މޯލްޑިވިއަން މިހާރު އޮތް ފްލީޓު ކުޑަވުމުންނެވެ. މިފަހުން އަލަށް ހުޅުވި އެއާޕޯޓަކަށް ދަތުރު ކުރުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތް ފްލީޓަށް ބާރުބޮޑުވި ސަބަބެކެވެ. މިހާދު ވިދާޅުވީ މިއަހަރުގެ މެދެއްހާ ހިސާބުގައި އެކަމަށް ލުޔެއް ލިބޭނެ ކަމަށެވެ.

އަންނަ ޖޫންމަހު އާ ދެ އެއާކްރާފްޓް ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށާއި އެއާއި އެކު ބާރުބޮޑުވާ ސެކްޓާތަކަށް ފްލައިޓްތައް އިތުރު ކުރާ ގޮތަށް ރާވާފައިވާ ކަމަށެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ނަމަވެސް މިމަސްތެރޭގައިވެސް މިވަނީ އެތެރޭގެ އުދުހުންތަކުގެ އަގުބޮޑުކޮށްފަ އެވެ. ކުރިން ފެއާ ޓިކެޓް ލިބެން ހުރިނަމަވެސް ކޮވިޑްގެ ތެރޭގައި ފެއާ ޓިކެޓް ވިއްކުން ހުއްޓާލިގޮތަށް ފެއާ ޓިކެޓް ނުވިއްކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355