twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރަސްމީ ބޯޅަދަނޑުގައި ތަރައްގީގެ ދެ މަޝްއޫރުއެއް ހިންގަން 7 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

މި މަޝްރޫއުގެ ދަށުން ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމްއަކާއި ލައިޓިންގ ސިސްޓަމެއް ގާއިމުކުރެވިގެންދާނެ. މިއީ ދާދި ފަހުން ސަރުކާރުން ޓާފް އަޅައިގެން ތަރައްގީކޮށްފައިވާ ދަނޑެކެވެ.

އަބްދުލް ވާހިދު ޙަސަން
May 10, 2022
1

ކުޅުދުއްފުށީގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމް އާއި ލައިޓިންގ ސިސްޓަމް ގާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށްފަހު އެތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެތަނުގައި ރޮސްޓްރޮމް އާއި ލައިޓް ހަރުކުރާނެކަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އިއުލާނުކޮށްދެއްވާފަ އެވެ.

ރައީސް ސޯލިހްވެސް ބައިވެރިވެޑައިގެންނެވި އެ ރަސްމިއްޔާތުގައި މަހުލޫފް ވިދާޅުވީ، އެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެންދާނެ ކަމަށާއި އަދި ކޮރަލް ދަނޑުގެ ފެންސުގެ މަސައްކަތް ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރަސްމީ ދަނޑުގައި ރޮސްޓްރަމް އާއި ލައިޓިންގ ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ.

ޕްރޮޖެކްޓްގެ އަގާއި މުއްދަތު

ރޮސްޓްރަމް ހެދުމަށް ހަވާލުކޮށްފައިވަނީ 4،797،491.10 ރުފިޔާއަށެވެ. އެއްބަސްވުމުގައިވާ ގޮތުން އެ މަސައްކަތް 119 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ. ލައިޓް ހަރުކުރުމަށް 58 ދުވަހުގެ މުއްދަތު ދީފައިވާއިރު އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ 2،694،808.53 ރުފިޔާއަށެވެ.

މި ދެ ޕްރޮޖެކްޓަށް ޖުމްލަ 7،492،299.63 އަރަ އެވެ.



ޔޫތު މިނިސްޓްރީގެ ދަށުން ތަރައްގީކުރާ މިދަނޑުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓާއާ މިހާރު ވަނީ ސައިޓް ހަވާލުކޮށްފަ އެވެ. މި ދަނޑުގައި ޓާފް އަޅައިގެން ތަރައްގީކުރުމަށްފަހު މިހާރު ވަނީ އެތަނުގައި ކުޅެން ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355