twitterviber whatsapp telegramfacebookyoutube instagram
24th May 2022

ބީއެމްއެލް ވާއު ކިޑްސް ރަން ނިންމާލައިފި

May 14, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން"ގެ މިއަހަރުގެ ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހަތަރު އުމުރު ފުރާއެއްގެ 1000 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

މި ދުވުމާ ގުޅޭގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސަޢީދު ވިދާޅުވީ، ޓީއެފްޖީއާއެކު މި ދުވުން މިއަހަރަވުސް ވަރަށް ފުރިހަމަ ގޮތެއްގައި ނިންމާލެވުމުން ވަރަށް އުފާކުރާ ކަމަށެވެ.

"މިއީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވަމުންދާ ހާއްސަ ހަރަކާތެއް،" ސަޢީދު ވިދާޅުވިއެވެ.

މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 4 އަހަރާއި 6 އަހަރާ ދެމެދު – 1.3 ކިލޯ މީޓަރު ދިގުމިނަށް ( ބެލެނިވެރިއަކާއެކު)، 6 އަހަރާއި 8 އަހަރާ ދެމެދު – 2 ކިލޯ މީޓަރު ދިގުމިނަށް ( ބެލެނިވެރިއަކާއެކު)، 8 އަހަރާއި 10 އަހަރާ ދެމެދު –3 ކިލޯ މީޓަރު ދިގުމިނަށް ( ބެލެނިވެރިއަކާއެކު) އަދި 10 އަހަރާއި 13 އަހަރާ ދެމެދު 4 ކިލޯ މީޓަރު ދިގުމިނަށެވެ.

ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ފަސްވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355