ރޭ ކުޅެވުނު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް 8 ވަނަ ފަހަރަށް މިމުބާރާތުގެ ތަށި ލިވަޕޫލުން ހިއްލާލައިފި އެވެ.
6 - 5 ން ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލުން ޗެލްސީ ބަލިކުރިއިރު އެޓީމުގެ ފަރާތުން ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. 16 އަހަރު ފަހުން ލިވަޕޫލަށް އެފްއޭ ކަޕް ލިބުނުއިރު އެޓީމުން މިތަށި އެންމެފަހުން ހޯދީ 2006 ވަނަ އަހަރު އެވެ.
ލިވަޕޫލާއި ޗެލްސީ މިސީޒަނުގައި ދެވަނަފަހަރަށް ފައިނަލެއްގައި ބައްދަލުކުރިއިރު މިދިޔަ ފެބުރުއަރީމަހު އިނގިރޭސި ލީގް ކަޕްގެ ފައިނަލުގައި ވެސް ލިވަޕޫލުން ވަނީ ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށްފަ އެވެ.
ޕެނަލްޓީ ޖަހައިގެން 5-6 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން އަށް ވަނަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ. ލިވަޕޫލުން އެފްއޭ ކަޕް މި ހޯދީ 16 އަހަރު ފަހުންނެވެ. އެންމެ ފަހުން ހޯދީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ ފައިނަލުގައި ޗެލްސީ އަތުން ވީ ބައްޔެވެ.
ރޭގެ މެޗުގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރުވަގުތު ކުޅެވުނުއިރު ވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. މެޗުގެ ފުރަތަމަ ކޮޅު ލިވަޕޫލުން މެޗުގެ ކޮންޓްރޯލް ހޯދާ ރަނގަޅު ފުރުސަތުތަކެއް އުފެއްދި އެވެ. ހާއްސަކޮށް ނަބީ ކެއިޓާ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ.
ޗެލްސީން ވެސް މެޗުގެ ތެރެއަށް ވަދެ ރަނގަޅު ހަމަލާތަކެއް ފުރަތަމަ ހާފުގައި އުފެއްދި ނަމަވެސް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލާ ދެކޮޅަށް ނުކުންނަން ލިވަޕޫލަށް ޖެހޭއިރު މިމެޗުގައި އެޓީމުގެ މުހިންމު ކުޅުންތެރިޔަކަށް ވަނީ އަނިޔާވެފަ އެވެ. މުހައްމަދު ސަލާހުއަށް އަނިޔާވެގެން ރޭގެ މެޗުގައި އޭނާ ބަދަލުކުރި ހިސާބުން ލިވަޕޫލަށް ވަނީ ރޭގެ މެޗުގައި ވެސް އުދަނގޫ ތަކެއް ކުރިމަތިވެފަ އެވެ.
ޕެނަލްޓީގައި ޗެލްސީގެ މޭސަން މައުންޓާއި ސެޒާ އެޒްޕިލިކުއެޓާގެ ނާކާމިޔާބުވީއިރު ލިވަޕޫލުން ނާކާމިޔާބުވީ މާނޭގެ ޕެނަލްޓީ އެކަންޏެވެ. ރޭގެ ފައިނަލް ކާމިޔާބުކޮށް މިސީޒަނުގައި 4 ތަށި ހޯދުމަށް ލިވަޕޫލުން ކުރަމުން އަންނަ އުއްމީދު އާވިއިރު އެޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ދެވަނައިގަ އެވެ. އަދި މިމަހު 28 ވަނަ ދުވަހު ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލުން ނުކުންނަން ޖެހޭނެ އެވެ.