twitterviber whatsapp telegramfacebookyoutube instagram
7th February 2026

ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ވެން ޑައިކް އަދި ސަލާހު ނުފެންނާނެ

މުޙައްމަދު އަހުމަދު
May 17, 2022

ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ސައުތެމްޓަން ބައްދަލުކުރާ މެޗުގައި އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޓޮޕް ސްކޯރާ މުހައްމަދު ސަލާހު އަދި އެޓީމުގެ ކުޅަދާނަ ޑިފެންޑަރު ވާޖައިލް ވެންޑައިކް ނުފެންނާނެ އެވެ.

މިދެ ކުޅުންތެރިންނަށް އަނިޔާވީ އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ އަތުން މޮޅުވެ ތަށި ހިއްލާލި މެޗުގަ އެވެ. ގްރޮއިން މައްސަލައެއްގައި ސަލާހު ނުފެންނައިރު ވެންޑައިކްގެ ކަކުލަށް ވަނީ އެމެޗުގައި އަނިޔާވެފަ އެވެ.

މިމެޗު އެދެކުޅުންތެރިންނަށް ގެއްލުނު ނަމަވެސް ސީޒަނުގެ ފައިނަލުގައި އާދިއްތަދުވަހު ވުލްވުސްއާ ދެކޮޅަށް ކުޅޭ މެޗަށް އެކުޅުންތެރިންނަށް އެނބުރި އަންނާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް އެބައޮތެވެ.

އަމާޒަކީ ވުލްވުސްއާ ދެކޮޅަށް ކުޅޭ މެޗުގައި އެދެކުޅުންތެރިން ފެނުން ކަމަށް ކްލޮޕް ބުންޏެވެ. ސަލާހަކީ މިވަގުތު 22 ގޯލާއެކު ޕްރިމިއާ ލީގުގެ މި ސީޒަނުގެ ޓޮޕް ސްކޯރާ އެވެ. ސަލާހުއާއި ވެން ޑައިކްގެ އިތުރުން މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިރޭގެ މެޗުގައި ފަބީނިއޯ ވެސް ނުފެންނާނެ އެވެ.

އެހެންނަމަވެސް ހޮނިހިރު ދުވަހު ލިބުނު އަނިޔާގެ ސަބަބުން އެންޑީ ރޮބާޓްސަން ފެންނާނެ ކަމާމެދު ޝައްކެވެ. ލީގު ރޭހުގައި މިވަގުތު 90 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ އޮތްއިރު ލިވަޕޫލަށް ލިބިފައިވަނީ 86 ޕޮއިންޓެވެ. އެހެންކަމުން މިރޭގެ މެޗުން މޮޅުވުން ލިވަޕޫލަށް މަޖުބޫރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355