twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކެޑް ބަލިކޮށް ފައިވްއަށް ޗެމްޕިއަންކަން، ކުއީންއަކަށް ހަސީ

މުޙައްމަދު އަހުމަދު
May 20, 2022

ކޭވައިއާރުސީ ނެޓްބޯޅަ ޗެލެންޖް 2022 ގެ ވާދަވެރި ފައިނަލުގައި ކުޅުދުއްފުށި އެކުވެރިންގެ ދިރުން (ކެޑް) ބަލިކޮށް ފައިވްއިން ނެޓްބޯޅަ މުބާރާތުގެ ތަށި ހިއްލާލައިފި އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލު މެޗު ފައިވްއިން ކާމިޔާބުކުރީ 27 ޕޮޓް 19 ޕޮޓުން ކެޑް ބަލިކޮށެވެ. މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ވާދަވެރި ކުޅުމެއް ފެނުނު ނަމަވެސް ފަހު ދެ ކުއާޓާގައި ފައިވްއިން ވަނީ މެޗު ކޮންޓްރޯލްކޮށްގެން ކުޅެ ފައިނަލް މެޗު ޑޮމިނޭޓްކޮށްފަ އެވެ.

މިމުބާރާތުގެ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފައިވްގެ ހަދީޖާ އަބޫބަކުރެވެ. މެޗުގައި ފައިވްގެ ހަސީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު ކެޑުގެ ސަމާ އަދި އައިމިނަތު އަހްމަދުގެ ފަރާތުން ވެސް ވަނީ ފާހަގަކޮށްލެވޭވަރުގެ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އޯކިޑް ހޮވުނުއިރު އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ލިބުނީ އޯކިޑްގެ އަޔާނާ އަބްދުއްރަޝީދަށެވެ. އޯކިޑަކީ މިމުބާރާތުގައި ފެނުނު އެންމެ ހަގު ޓީމެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ ކެޑުގެ ގޯލް އެޓޭކް ސަމާއާއި ގޯލް ޑިފެންސް އަމިނަތު އަހްމަދުގެ އިތުރުން ފައިވްގެ ގޯލް އެޓޭކް ހަސީއާއި އެޓީމުގެ ސެންޓަރު އިކުރާމާ (އިކޫ) އަދި އެޓީމުގެ ގޯލް ޑިފެންސް މިންނާ ހަސަން އެވެ. މީގެ އިތުރުން ފައިިވްގެ ހައްޖައާއި 30 ޕްލަސްގެ ސެންޓަރު ޝާހިދާ މޫސާ އެވެ.

ކުއީން އޮފް ދަ ޓޯނަމެންޓުގެ މަގާމް ހާސިލްކޮށްފައިވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަދި ގިނަ ޕޮޓްތަކެއް ކާމިޔާބުކުރި ކުޅުދުއްފުށީގެ ނެޓްބޯޅައިގައި ފާހަގަކޮށްލެވޭ ފައިވްގެ ގޯލް އެޓޭކް ހަސީނާ ހަސަން (ހަސީ) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355