twitterviber whatsapp telegramfacebookyoutube instagram
3rd September 2025

ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ނަބީލާ އިސްމާޢީލް
May 23, 2022

އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކުރަމުންދާތީ އެކަމުގެ ކަންބޮޑުުވުން ފާޅުކޮށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބޭރުކޮށްލައިފި އެވެ.

މިއަދުގެ ޖަލްސާ އަށް މިމައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު އެވެ.

މެންބަރު ޝަރީފް ވިދާޅުވީ، ވާނުވާ ނޭނގި ޕާޓީތަކުން މީހުން ބަދަލުވާ މައްސަލަތައް އިތުރުވެފައިވާކަމަށާއި އެކަމުގެ ސަބަބުން އިޖުތިމާއި މައްސަލަތައް އިތުރުވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ މީހުންގެ ހައްގުތައް ގެއްލޭ ކަމަށާއި އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލިބޭ އިމްތިޔާޒުތަކާއި ބީރައްޓެހި ކަމެއް ކަމަށެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މި މއްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުން މި މައްސަލަ ބަލައިނުގަތުމަށް 17 މެނަބަރުން ވޯޓުދެއްވިއެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.

ޕާޓީތަކަށް ދަފްތަރު ވާން ފޯމު ހުށަހަޅާ މީހުންގެ މައުލޫމާތު ހާމަކުރަން ނިންމާފައިވާކަން އިއްޔެ އިލެކްޝަން ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. މިއީ ޕާޓީތަކުން ދަފްތަރުވާން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އީސީން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355