twitterviber whatsapp telegramfacebookyoutube instagram
11th November 2026

ބިމު ކުލި ނުދައްކާ ރިސޯޓުތަކުގެ ލިސްޓުގައި 12 ފަރާތެއް

ޚަދީޖާ އާދަމް
May 24, 2022

ބިމު ކުލި ނުދައްކާ ރިސޯޓުތަކުގެ ލިސްޓުގައި 12 ފަރާތެއް ހިމެނިއްޖެއެވެ.

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މީރާގެ ޓެކްސް ޕޭޔާ ސާވިސް ސެންޓަރުގައި ވަނީ އެ 12 ކުންފުނީގެ މައުލޫމާތު އާންމުކޮށްފައެވެ.

ލިސްޓުގައި ހިމެނޭ ކުންފުނިތައް:

- އޭ.އޭ.އޭ ޓްރޭޑިން ކޮމްޕެނީ
- އޭ.ބީ.އެން ޕްރައިވެޓް ލިމިޓެޑް
- ހެވީ ލޯޑް މޯލްޑިވްސް
- ބޮން ފްރީ
- މެެދުފުށި އިންވެސްޓްމެންޓްސް
- ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް
- ސައުތު ޕާމް މޯލްޑީވްސް
- ސަންލޭންޑް ހޮޓެލްސް
- ސަންލޭންޑް ޓްރެވަލް
- ތެލުވެލިގާ ރިޓްރީޓް
- ޢަބްދުﷲ ޢަލީ (ހޮނޑާފުށި)

މިދިޔަ މަހުން ފެށިގެން އަމަލުކުރަމުން އަންނަ އެ އުސޫލުގައި ވާގޮތުން ސާވިސް ސެންޓަރުގައި އެ ލިސްޓު އާންމުކުރުމަކީ އެ ފަރާތްތަކާމެދު އެޅޭނެ ފުރަތަމަ ފިޔަވަޅެވެ. އެއަށްފަހު ނަންތައް ގެޒެޓުގައި އަދި އެއަށްފަހު މާސް މީޑިއާގައި ބްރޯޑްކާސްޓްކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293