twitterviber whatsapp telegramfacebookyoutube instagram
24th April 2024

އުތުރުގެ 3 އަތޮޅަކަށް ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރާނެ ވަސީލަތްތައް ފޯރުކޮށްދެނީ

ޚަދީޖާ އާދަމް
May 26, 2022
1

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް އާއި އެގްރޯނެޓް ގުޅިގެން ދަނޑުވެރިންނަށް ހެޔޮ އަގުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ތަކެތި ފޯރުކޮށްދޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޕްރޮގްރާމް އަމާޒު ކުރެވިފައި ވަނީ ތިލަދުންމަތީ އުތުރުބުރި އާއި ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށެވެ. އެގޮތުން، 3 ރަށެއްގައި ޕްރޮގްރާމްގެ މައިގަނޑު މަސައްކަތްތަކެއް ކުރެވި، ރާއްޖޭގެ އުތުރުގެ ގިނަ ރަށްރަށައް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީގެ ދަށުން މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ނަމުގައި ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމަށް 5 އަހަރު ދުވަހުގެ ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އެގޮތުން އުތުރުގެ 3 އަތޮޅެއްގެ 26 ރަށެއްގައި އެގްރޯނެޓް މެދުވެރިކޮށް ތިމާވެއްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ވަސީލަތްތައް ދަނޑުވެރިންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދޭނެއެވެ.

މެޕް ޕްރޮގްރާމަކީ ދިވެހި ސަރުކާރުން އިންޓަނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) ގެ އެހީގައި ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމުގެ މަގްސަދުގައި ހިންގޭ ޕްރޮގްރާމެކެވެ.

މީގެ އިތުރުން އެ މިނިސްޓްރީއާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ގުޅިގެން ދަނޑުވެރިންނަށް އަމާޒްކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355