twitterviber whatsapp telegramfacebookyoutube instagram
1st July 2025

ދަނޑުވެރިކަން ކުރުމަށް ފަސް ރަށެއް ދޫކުރަނީ

ޚަދީޖާ އާދަމް
Oct 16, 2021

ދަނޑުވެރިކަން ކުރުމަށް މިއަހަރު އިތުރު ފަސް ރަށެއް ދޫކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ރޭ ތ. ކަނޑޫދޫގައި ބޭއްވި ރަސްމިއްޔާތުގައި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ފުޅާކުރަން ބަލާއިރު ދަނޑުވެރިންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މަސައްކަތް ކުރުމަށް ބޭނުންވާ އެކަށީގެންވާ ބިން ނުލިބުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ބިން ބޭނުންވި ނަމަވެސް ބޭނުންވާ ބޮޑުމިނުމުގެ ބިން އެފަދަ ރަށްރަށުން ލިބެން ނެތުމަކީ ދަނޑުވެރިންނަށް އޮތް ގޮންޖެހުމެއް ކަމަށެވެ

އެގޮތުން މިނިސްޓަރު ވިދާޅުވީ ފަޅުރަށްތައް ދަނޑުވެރިކަން ކުރުމަށް ދޫކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ފަސް ރަށެއް އެގޮތުން ދޫކޮށްލެވޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ އިދާރާތަކުން ދަނޑުވެރިންނަށް ދޫކުރާ ލޯން ތަކެއް ތައާރަފްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު އެފަދަ ލޯންތައް ނަގައި އޭގެ ބޭނުން ކުރަނީ ވަރަށް މަދު ބައެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355