twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ގަސްއިންދުމުގެ ޕްރޮގުރާމެއް

ނަބީލާ އިސްމާޢީލް
Jun 26, 2022

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފަށާފައިވާ ގަސްއިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

މިއީ2019 އިން 2023 އަށް ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުގެ ތެރޭގައި ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ބޮޑު އިންސައްތައެއް އިތުރުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާއިން ބުނީ މިޕްރޮގުރާމްގެ ދަށުން އިންދާ އާލާކުރުމަށް ހަމަޖެހިފައިވަނީ ބަނބުކެޔޮ، އަލަ، މުރަނގަ، ފަތްކެޔޮ އަދި ޖަނބުރޯލު ގަސްކަމަށެވެ.

ގަސްތައް އިންދާ ހެއްދުމަށް އެންމެ ކުޑަކޮށް ބޭނުންވާ ޖާގައާއި ގެއަކަށް ލިބޭނެ ގަހުގެ އަދަދަކީ:

ގެއަކަށް ލިބޭނީ 625 އަކަފޫޓަށް 1 ބަނބުކެޔޮގަސް، 100 އަކަފޫޓަށް 1 ޖަނބުރޯލް ގަސް، 144 އަކަ ފޫޓަށް 1 މުރަނގަ ގަސް، 80 އަކަފޫޓަށް 1-3 ނިރު ފަތް ކެޔޮ އަދި 4-1 އަލަ ކަމަށެވެ.

މިފަދަ ގަސްތައް އިންދާ ހެއްދުމަށް ޝައުޤުވެރިވާ ގޭބީސީތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ 14:00 ގެކުރިން https://kulhudhuffushicity.gov.mv/2022/06/9667 އޮންލައިން ފޯމް މެދުވެރިކޮށް ނަންނޯޓްކުރުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355