twitterviber whatsapp telegramfacebookyoutube instagram
8th September 2024

އިމާމު ބުޚާރީ އާއި 1000 ދީނާރު

ހ.މ
May 27, 2022

އިމާމު ބުޚާރީއަކީ ކީރިތި ޤުރުއާނަށްފަހު އެންމެ ޞައްޙަކަން ބޮޑު ފޮތް ކަމަށް އިސްލާމީ އުންމަތް އެއްބަސްވާ "ޞަޙީޙުލް ބުޚާރީ" މިފޮތް ލިޔުއްވި މުއައްލިފެވެ. ޙަދީޘް ޢިލްމުގައި އިސްލާމީ އުންމަތް ފަޚުރުވެރިވާ، އަދި މުޅި ދުނިޔެއަށްވެސް ޢިލްމު އުނގެނުމުގައި ނަމޫނާ ދެއްކެވި ބޭކަލެކެވެ.

އިމާމު ބުޚާރީ ޢިލްމު އުނގެނުމަށް ދަތި އުނދަގޫ އެތައް ދަތުރެއް ކުރައްވާފައިވެއެވެ. އެކަލޭގެފާނު ނަވެއްގައި ދަތުރު ކުރައްވަނިކޮށް ހިނގި ކަމެކެވެ. ދިގު ދަތުރެކެވެ. ނައު ތެރޭ އެކަކު އަނެކަކު ފެނިދެނިވެ ރައްޓެހިކަން އުފެދެއެވެ. އިމާމު ބުޚާރީއާވެސް ނައުގެ ތެރެއިން މީހަކާ ރައްޓެހިކަން އުފެދުނެވެ. އެކަލޭގެފާނާއެކު ވަގުތުތައް ހޭދަކުރެއެވެ.

އެހެން އުޅުމުގެ ތެރޭގައި އިމާމު ބުޚާރީ އަތުގައި 1000 ދީނާރު އޮތްކަން އެމީހާއަށް އެނގުނެވެ. އޭގެ ދަހިވެތިކަން އެމީހާއަށް ޖެހުނެވެ. ދެން އެއްދުވަހަކު އެމީހާގެ 1000 ދީނާރު ގެއްލިއްޖެ ކަމަށް ނައުގެ ތެރޭގައި ކިޔަން ފަށައިފިއެވެ. ނަވާ ހަވާލުވެ ތިބި މީހުން އެކަން ބަލަން ފެއްޓިއެވެ. ދަތުރުގެ ހުރިހާ ބައިވެރިންގެ މުދާވެސް ބަލަން ފެށިއެވެ.

އިމާމު ބުޚާރީއަށް މިކަން އެނގިވަޑައިގެން މީހަކަށް ނުފެންނަގޮތަށް އެ 1000 ދީނާރު މޫދަށް އެއްލައިލިއެވެ. އެންމެން ބަލައި ޗެކްކުރި އިރުވެސް ނަވުގެ ތެރެއިން 1000 ދީނާރު ނުފެނުނެވެ. ނައު އޭގެ މަންޒިލަށް ވާސިލްވެވުމުން، އިމާމު ބުޚާރީ ފައިބާވަޑައިގަތުމުން، އެއްކަލަ މީހާ އައިސް އެހިއެހެވެ.

ކަލޭގެފާނު އެ 1000 ދީނާރަށް ހެއްދެވީ ކިހިނެއްތޯއެވެ؟ ޖަވާބުގައި އިމާމު ބުޚާރީ ދެންނެވިއެވެ. އަހުރެންނަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘް އެއްކުރުމުގެ މަސައްކަތް ކުރާ މީހަކީމެވެ. އަހުރެންގެ ފަސްބައިގައި އެފަދަ ނުބައިކަމެއް (ވައްކަން ކުރިކަމުގެ ކުށް) ވާކަށް އަހުރެން ނޭދެމެވެ. އެހެނީ އޭރުން މީސްތަކުން އަހުރެންގެ މަސައްކަތެއް ބަލައެއް ނުގަންނަވާނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355