twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުން ކުޅުދުއްފުއްޓަށް ރަންވަނަތަކެއް

މުޙައްމަދު އަހުމަދު
May 28, 2022
4

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީ ސްކޫލްތަކުން ރަންވަނަތަކެއް ހޯދައިފި އެވެ.

ކުޅުދުއްފުށީގެ ތިން ސްކޫލްކަމަށްވާ އަފީފުއްދީނާއި ޖަލާލުއްދީނުގެ އިތުރުން ހދ އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މިމުބާރާތުގައި ގިނަ ކާމިޔާބީތަކެއް ހޯދާ ރަށް ފަހުރުވެރި ރީތި ނަމެއް ހޯދައިދީފަ އެވެ. އެގޮތުން އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލުން ހޯދި ރަންވަނަތައް ފާހަގަކޮށްލެވެ އެވެ.

އަފީފުއްދީން ސްކޫލުން ވަނީ 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދުމުގެ އިތުރުން އެ އުމުރުފުރާގެ އަންހެން ކުދިންގެ 6 ގުނަ 80 މީޓަރު ޝަޓަލް ރިލޭއިން އިންޓަރ ސްކޫލް ރެކޯޑް ހަދާފަ އެވެ.

ޖަލާލުއްދީން ސްކޫލުން ވަނީ ގިނަ ރިލޭތަކަކުން ރަން މެޑަލް ހޯދުމުގެ އިތުރުން 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާފަ އެވެ.

އަފީފުއްދީން ސްކޫލްގެ އެތްލީޓުން ހޯދި ކާމިޔާބީތައް:

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 80 މީޓަރު ދުވުމުން 2 ވަނަ: ސަރާހް ސަމްޝާދު
13 އަހަރުން ދަށުގެ އަންހެން ކުދިންގެ 80 މީޓަރު ދުވުމުން 1 ވަނަ: އާނީ ހުސެއިން އަހްމަދު
13 އަހަރުން ދަށުގެ އަންހެން ކުދިންގެ 100 މީޓަރު ދުވުމުން 1 ވަނަ: އާމިނަތު އައުހާ އަބްދުލް ރަހްމާން
13 އަހަރުން ދަށުގެ އަންހެން ކުދިންގެ 600 މީޓަރު ދުވުމުން 3 ވަނަ: އައިޝަތު ލަސަން އަލީ
13 އަހަރުން ދަށުގެ އަންހެން ކުދިންގެ ޓްރިޕަލް ޖަމްޕުން 3 ވަނަ: މަރިޔަމް މަލާކް މުހައްމަދު
15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 1500 މީޓަރު ދުވުމުން 3 ވަނަ: އަހްމަދު އަހްސަން އަބޫބަކުރު
15 އަހަރުން ދަށުގެ އަންހެން ކުދިންގެ 100 މީޓަރު ދުވުމުން 2 ވަނަ: އައިޝަތު ހަނާން ހަސަން
15 އަހަރުން ދަށުގެ އަންހެން ކުދިންގެ 200 މީޓަރު ދުވުމުން 3 ވަނަ: އައިޝަތު ހަނާން ހަސަން

އަފީފުއްދީން ސްކޫލުން ވަނީ 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގެ 6 ގުނަ 80 މީޓަރު ޝަޓަލް ރިލޭއިން އެއްވަނަ ހޯދާ އިންޓަރ ސްކޫލް ރެކޯޑް ހަދާފަ އެވެ. އަފީފުއްދީނުން މި ރިލޭ ނިންމާފައިވަނީ 01.16.25 ންނެވެ. މީގެއިތުރުން އަފީފުއްދީނުނ1 ވަނީ 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ހުރިހާ ރިލޭއަކުން އެއްވަނަ ހޯދާފަ އެވެ. އޭގެތެރޭގައި 4 ގުނަ 100 މީޓަރު ރިލޭ ހިމެނެ އެވެ.

15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 4 ގުނަ 100 މީޓަރު ރިލޭއިން އަފީފުއްދީން ސްކޫލް ވަނީ 3 ވަނަ ހާސިލްކޮށްފަ އެވެ. އަދި އަފީފުއްދީން ސްކޫލަކީ މުޅި މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަން ޓީމެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެތްލީޓުން ހޯދި ކާމިޔާބީތައް:

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 1000 މީޓަރު ދުވުމުން 2 ވަނަ: މޫސާ ނިއާމް އާދަމް
13 އަހަރުން ދަށުގެ އަންހެން ކުދިންގެ 80 މީޓަރު ދުވުމުން 3 ވަނަ: އާމިނަތު އަޒްހާ އަލީ
17 އަހަރުން ދަށުގެ އަންހެން ކުދިންގެ ޑިސްކަސް ތްރޯއިން 3 ވަނަ: އައިޝަތު އަލީޝާ މުބައްޝިރު

ޖަލާލުއްދީން ސްކޫލްގެ އެތްލީޓުން ހޯދި ކާމިޔާބީތައް:

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 70 މީޓަރު ހާޑަލްސްއިން 1 ވަނަ: މުހައްމަދު ސައްޖާދް އަލީ
13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕުން 2 ވަނަ: މުހައްމަދު ޖޫދް ހައްމާމް
13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕުން 3 ވަނަ: މުހައްމަދު ސައްޖާދް އަލީ
13 އަހަރުން ދަށުގެ އަންހެން ކުދިންގެ 1000 މީޓަރު ދުވުމުން 3 ވަނަ: އައިޝަތު ނަބާހަތު އަހްމަދު
13 އަހަރުން ދަށުގެ އަންހެން ކުދިންގެ ހައި ޖަމްޕުން 2 ވަނަ: މަންހާ އަލީ ޝަރީފް
15 އަހަރުން ދަށުގެ އަންހެން ކުދިންގެ 100 މީޓަރުން 1 ވަނަ: ފާތިމަތު އާލާ އަލީ
15 އަހަރުން ދަށުގެ އަންހެން ކުދިންގެ 400 މީޓަރުން 3 ވަނަ: މަރިޔަމް މީސާ މުޖްތަބާ
15 އަހަރުން ދަށުގެ އަންހެން ކުދިންގެ 1500 މީޓަރުން 3 ވަނަ: އަފާފް އަބޫބަކުރު އަލީ
17 އަހަރުން ދަށުގެ އަންހެން ކުދިންގެ 100 މީޓަރު ދުވުމުން 1 ވަނަ: އަހްނާ ނިޒާރު
17 އަހަރުން ދަށުގެ އަންހެން ކުދިންގެ 200 މީޓަރު ދުވުމުން 1 ވަނަ: އަހްނާ ނިޒާރު
17 އަހަރުން ދަށުގެ އަންހެން ކުދިންގެ 3000 މީޓަރު ދުވުމުން 3 ވަނަ: އާމިނަތު ސާޖިޔާ ހައްމާމް
17 އަހަރުން ދަށުގެ އަންހެން ކުދިންގެ ހައި ޖަމްޕުން 1 ވަނަ: އާމިނަތު ސާޖިޔާ ހައްމާމް

ޖަލާލުއްދީން ސްކޫލުން ވަނީ ވަރަށް ގިނަ ރިލޭތަކަކުން ވަނަ ހޯދާފަ އެވެ. އެގޮތުން 15 އަހަރުން ދަށުގެ އަންހެން ކުދިންގެ މެޑްލޭ ރިލޭއިން ރަން މެޑަލް ހޯދިއިރު އެ އުމުރުފުރާގެ އަންހެން ކުދިންގެ 4 ގުނަ 100 މީޓަރު ރިލޭއިން ވަނީ ރިހި މެޑަލް ހާސިލްކޮށްފަ އެވެ.

17 އަހަރުން ދަށުގެ އަންހެން ކުދިންގެ 4 ގުނަ 200 މީޓަރުން ވެސް ޖަލާލުއްދީނުން ރަން މެޑަލް ހޯދިއިރު އެއުމުރުފުރާގެ އަންހެން ކުދިންގެ 4 ގުނަ 100 މީޓަރު ރިލޭއިން އެ ސްކޫލަށް ލިބިފައިވަނީ ރިހި މެޑަލް އެވެ.

މީގެ އިތުރުން އެންމެ ފާހަގަކޮށްލެވެނީ މުޅި މުބާރާތުން 15 އަހަރުން ދަށުގެ އަންހެން ކުދިންގެ އެއްވަނަ ޖަލާލުއްދީން ސްކޫލަށް ލިބިފައިވާ ކަމެވެ. އަދި މުޅި މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ އަދި 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ދެވަނަ ޖަލާލުއްދީނަށް ލިބިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355