twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ސިޓީތަކުގައި އަޅަން ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކްތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މޭޔަރު އާތިފް ގޮވާލައްވައިފި

އަބްދުލް ވާހިދު ޙަސަން
Oct 20, 2024
1

ރާއްޖެ ސިޓީތަކުގައި އަޅަން ނިންމާފައިވާ ސިންތެޓިކް ޓްރެކްތަކުގެ އަމަލީ މަސައްކަތް ވީހާވެސް އަވަސްކޮށްދިނުމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ސަރުކާރަށް އިލްތިމާސްކުރައްވައިފި އެވެ.

ފުވައްމުލަކުގައި ކުރިއަށްދާ 15 ވަނަ މަކިޓާ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، އަތޮޅުތެރޭގެ އެތުލީޓުންވެސް ޒަމާނީ ވަސީލަތްތަކުގައި ޓްރެއިނިންގ ހަދަން ބޭނުންވާ ކަމަށާއި އެ އެތުލީޓުންވެސް ސިންތަޓިކް ޓްރެކް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެތުލީޓުން ބޭނުންވޭ ޒަމާނީ ވަސީލަތްތަކުގައި ޓްރެއިނިންގ ހަދަން. އަޅުގަނޑުމެންގެ އެތުލީޓުން ބޭނުންވޭ މި ޒަމާނާއެކު ތަމްރީނުވެ ގައުމު ތަމްސީލުކުރުމުގައި އެހެން ހަރުފަތަކަށްދާން." ފޯމުއްލަކުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވި އެވެ.

މޭޔަރު އާތިފް ވިދާޅުވީ، ފޯމުއްލަކާއި ކުޅުދުއްފުއްޓާއި ތިނަދޫ އަދި އައްޑޫ ސިޓީގެ ސިންތަޓިކް ޓްރެކްގެ މަސައްކަތް ވީހާވެސް އަވަސްކޮށްދިނުމަށް ސަރުކާރަށާއި ސްޕޯޓްސް މިނިސްޓްރީއަށް އިލްތިމާސްކުރާ ކަމަށެވެ. އެއީ ދިވެހި ގައުމަށްވެސް ލިބިގެންދާނެ ކުރިއެރުމެއްގެ އިތުރުން އެތުލީޓުން ތަމްރީނުވުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއްކަމުގައިވެސް އާތިފް ފާހަގަކުރެއްވި އެވެ.

ސިޓީތަކުގައި އަޅަން ނިންމާފައިވާ ސިންތެޓިކް ޓްރެކްތަކަކީ އިންޑިޔާގެ ލައިން އޮފް ކުރެޑިޓް، އެލްސީއޯގެ ދަށުން އެގްޒިމް ބޭންކު މެދުވެރިކޮށް ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓެވެ.

މި ސިންތެޓިކް ޓްރެކްތަކާ ގުޅޭ ގޮތުން މިއަހަރު އޮގަސްޓްމަހު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ވިދާޅުވެފައިވަނީ، އިންޑިޔާ ސަރުކާރުން އެކަން ހަމަޖެހިގެން އައިހާ އަވަހަކަށް އެ މަސައްކަތް ފަށަން މިނިސްޓްރީ އޮތީ ތައްޔާރަށް ކަމަށާއި ސިންތެޓިކް ޓްރެކްގެ މަސައްކަތަކީ މިނިސްޓްރީންގެ އިސްކަމެއްދީގެން ކުރާނެ މަސައްކަތެއް ކަމަށެވެ. މިހާރުވެސް އިންޑިޔާގެ ކޮންސެލްޓެންސީ ފާރމާއެކު މިނިސްޓްރީން ސޮއިކޮށްފައިވާނެކަމަށް ވަޒީރު އޭރު ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355