twitterviber whatsapp telegramfacebookyoutube instagram
19th September 2024

ސިންތެޓިކް ޓްރެކްގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ދަންނަވަން ދަތި: ވަޒީރު

އިންޑިޔާ ސަރުކާރުން އެކަން ހަމަޖެހިގެން އައިހާ އަވަހަކަށް އެ މަސައްކަތް ފަށަން މިނިސްޓްރީ އޮތީ ތައްޔާރަށްކަމަށް ވަޒީރު ވިދާޅުވި.

އަބްދުލް ވާހިދު ޙަސަން
Aug 31, 2024

ސަރުކާރުން ކުޅުދުއްފުށީގައި ގާއިމުކުރަން ނިންމާފައިވާ ސިންތެޓިކް ޓްރެކްގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ދަންނަވަން ދަތިކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ތިލަދުންމަތީ ފެތުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ޖަލްސާގައި އިންނެވިއިރު ގިނަ އަދަދެއްގެ އާންމު މެސެޖްކުރައްވައި ވަޒީރުގެ އަރިހުގައި ސިންތެޓިކް ޓްރެކްގެ އަޕްޑޭޓް އެއްސެވުމަށް އެދެމުންދާ ކަމަށެވެ. އެހެންވުމުން މޭޔަރު އެދިވަޑައިގެންނެވީ ސިންތެޓިކް ޓްރެކްގެ އަޕްޑޭޓެއް ވަޒީރު ދެއްވުމަށެވެ.

ވަޒީރު ރާފިއު ވިދާޅުވީ، ސިންތެޓިކް ޓްރެކަކީ މިރަށުގެ ރައްޔިތުންނަށް އޭރުވެސް މިހާރުވެސް ކިހާވަރަކަށް ބޭނުންވެފައި އޮތްކަމެއްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އިންޑިޔާފެ ލައިން އޮފް ކުރެޑިޓް، އެލްސީއޯގެ ދަށުން އެގްޒިމް ބޭންކު މެދުވެރިކޮށް ގާއިމުކޮށްފައިވާ މި ސިންތެޓިކް ޓްރެކަކީ ބޮޑު ޕްރޮޖެކްޓްގެ ތެރެއިން އެއް ޕްރޮޖެކްޓެވެ. ވަޒީރު ވިދާޅުވީ، މިދިޔަ 9 މަސްތެރޭގައި މަސައްކަތްކުރީ އެ ޕްރޮޖެކްޓް ކުރިއަށްނުގޮސް އޮތް ސަބަބު ދެނެގަތުމަށް ކަމަށާއި އެ ސަބަބަކީ ހުރިހާ އެއްޗެއް އެ ޕްރޮޖެކްޓެއްގެ ތެރޭގައި ހިމެނުމުން ކަމަށެވެ.

އެގޮތުން އެ ޕްރޮޖެކްޓްގެ ތެރޭގައި ގަލޮޅު ފުޓްބޯޅަ ދަނޑާއި އިންޑޯ ބާސްކެޓް ކޯޓަކާއި ޓީޓީ އެރީނާ އާއި ވޮލީކޯޓްވެސް ހިމެނޭ ކަމަށެވެ.

ވަޒީރު ވިދާޅުވީ، އެހެންވުމުން އެންމެ ފުރަތަމަވެސް އެދުނީ ސިންތެޓިކް ޓްރެކް ބައި ވަކިކޮށްލަދިނުމަށް ކަމަށާއި އޭރުން ޕްރޮޖެކްޓްގެ ބައެއް ކަންކަން މިވަގުތު ނުކޮށްދެވުނަސް މިހާރު ކުރެވެން ހުރި ކަންތައްތައް ކޮށްދެވޭނެކަމަށެވެ. އަދި މިހާރު އިންޑިޔާ ސަރުކާރުން ވަނީ އެކަން ފަހިކޮށްދީ އިންޑިޔާގެ ފޮރިން މިނިސްޓްރީން މެދުވެރިކޮށް އެގްޒިމް ބޭންކަށް ފޮނުވާފައިވާ ކަމަށެވެ.

އުންމީދުކުރަނީ އެގްޒިމް ބޭންކުން ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެބައި ވަކިކޮށްދެއްވާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ، ސިންތެޓިކް ޓްރެކްގެ މަސައްކަތް ފެށޭނެ ތާރީހެއް ސީދާ ދަންވަން ދަތިވަނީ އެހެން ގައުމަކާ ގުޅިގެން ކުރާކަމަށްވާތީ ކަމަށާއި އުންމީދުކުރައްވަނީ މާލަސްތަކެއް ނުވެ އެ މަރުހަލާ ނިމޭނެ ކަމަށެވެ.

ވަޒީރު ރާފިއު ވިދާޅުވީ، އިންޑިޔާ ސަރުކާރުން އެކަން ހަމަޖެހިގެން އައިހާ އަވަހަކަށް އެ މަސައްކަތް ފަށަން މިނިސްޓްރީ އޮތީ ތައްޔާރަށް ކަމަށާއި ސިންތެޓިކް ޓްރެކްގެ މަސައްކަތަކީ މިނިސްޓްރީންގެ އިސްކަމެއްދީގެން ކުރާނެ މަސައްކަތެއް ކަމަށެވެ. މިހާރުވެސް އިންޑިޔާގެ ކޮންސެލްޓެންސީ ފާރމާއެކު މިނިސްޓްރީން ސޮއިކޮށްފައިވާނެކަމަށް ވަޒީރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ސިންތެޓިކް ޓްރެކް އެޅުމުގެ ވާހަކައަކީ އެކި ސަރުކާރުތަކުން ދައްކާ އަދި މިހާތަނަށް ނުވެ އޮތް ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355