twitterviber whatsapp telegramfacebookyoutube instagram
12th March 2026

އިތުރު ދެ ބޭފުޅަކަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ދީފި

އަބްދުލް ވާހިދު ޙަސަން
Oct 19, 2025
6

ކުޅުދުއްފުށީގައި ގާއިމްވެ މަސައްކަތްކުރައްވަން ޖެހޭ ގޮތަށް އިތުރު ދެ ބޭފުޅަކު ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަންޔަނުކުރައްވައިފި އެވެ.

އެގޮތުން ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަންޔަނުކުރެއްވީ މުހައްމަދު ނަދީމެވެ. ނަދީމް މަސައްކަތް ކުރައްވާނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.

އޭގެއިތުރުން ދެން ބޭފުޅަކު އައްޔަން ކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އެ މަގާމަށް އަންޔަނުކުރެއްވީ އަހުމަދު އަބުދުލްރަހުމާނެވެ. އޭނާ މަސައްކަތް ކުރައްވާނީ ކުޅުދުއްފުށީ ބިޒްނަސް ސެންޓަރުގަ އެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބަށް ކައިރިވަމުންދާ މި ދަނޑިވަޅުގައި މި ހުސްވި ސެޕްޓެމްބަރު މަހު ވެސް ކުޅުދުއްފުށީގައި މަސައްކަތްކުރައްވާ ގޮތަށް ސިޔާސީ މަގާމުތަކެއް އުފައްދައި ހަތް ބޭފުޅުން އަންޔަނުކުރެއްވި އެވެ. އޭރު އުފެއްދެވީ ވެސް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ ހަ މަގާމަކާއި ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355