twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބީއެމްއެލް އިން ސަރުކާރަށް 700 މިލިއަން ރުފިޔާ!

May 30, 2022

ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ލިބުނު އަހަރުގެ ޓެކުހާއި ޑިވިޑެންޑުގެ ގޮތުގައި ގާތްގަނޑަކަށް 674 މިލިއަން ރުފިޔާ ސަރުކާރަށް ލިބޭނެކަމަށް އެބޭންކުން ބުނެފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމޮޓީ ސޯޔާ ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާ ބޮޑުތަން އިތުރުވެފައިވާއިރު، މި ފައިދާއިން ބޮޑު އަދަދެއް ދައުތަލަތަށް ޓެކުހާއި ޑިވިޑެންޑުގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ.

ޓިމް ވިދާޅުވީ، މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ފައިދާ ވަނީ 470 އިންސައްތައަށްވުރެ މަތިވެ 1.9 ބިލިއަން ރުފިޔާ އަރާފައި ކަމަށާއި މިއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ފައިދާ ކަމަށެވެ.

މި ފައިދާއިން ޕްރޮފިޓް ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ސަރުކާރަށް ދީފައިވާއިރު، ޑިވިޑެންޑްގެ ގޮތުގައި 131 މިލިއަން ރުފިޔާ ބޭންކުން ވަނީ ސަރުކާރަށް ދީފައިވާ ކަމަށް ޓިމް ވިދާޅުވިއެވެ.

ޓިމް ވިދާޅުވީ މި އަހަރުގެ ފުރަތަމަ ތިން މަހާއި ރާއްޖޭގެ އިގްތިސޯދު އެންމެ ރަނގަޅުވި 2019 ވަނަ އަހަރާ އަޅާ ކިޔާނަމަ ފައިދާ 55 އިންސައްތަ ފައިދާ އިތުރުވެ ފައިދާއަށް 554 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އަދި މިދިޔަ އަހަރު ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށްފައިވާ ކަމަށާއި 8 ލައްކައަށް ވުރެ ގިނަ ކަސްޓަމަރުންގެ ކޯލްތަކަށް ޖަވާބުދީފައިވާ ކަމަށާއި މިއީ 2019 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް ދެ ލައްކަ އިތުރު އަދަދެއް ކަމަށް ޓިމް ފާހަގަ ކުރިއެވެ.

ބޭންކުގެ މެނޭޖުމަންޓު ޓީމާއި މުވައްޒަފުންގެ މަސައްކަތަށް ތައުރީފް ކުރައްވަމުން ޓިމް ވަނީ ބޭންކު ޒަމާނީ ކުރަން ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ބޭންކް އޮޓޮމޭޓްކޮށް ޒަމާނީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު ކަސްޓަމަރުންނަށް ދޭ ހިދުމަތް މަޑުމަޑުން ރަނގަޅުވާން ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ރަނގަޅު ކުރަން އަދިވެސް އެތައް ކަމެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355