twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް ޔޫޝައު އައްޔަންކޮށްފި

May 31, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން ގެ މަގާމަށް ޔޫޝައު ސައީދު، އައްޔަންކޮށްފިއެވެ.

އެ މަގާމަށް ޔޫޝައު އެންމެ ފުރަތަމަ އައްޔަނު ކުރީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ފަހުއެވެ. ޔޫޝައު މިހާރު އަދާކުރައްވަމުންދަނީ ސިމްޑީ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރގެ މަގާމެވެ.

ޔޫޝައު ވަނީ މީގެ ކުރިން ގިނަގުނަ ލީޑަރޝިޕް ރޯލުތަކުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާސަންކަމާއި، އެނާރޖީ އެންޑް ވޯޓާރގެ ދަށުން ހިންގި އެންސީއެސްއޭ ޕްރޮޖެކްޓްގެ ނޭޝަނަލް ޕްރޮޖެކްޓް މެނޭޖަރގެ މަގާމު ހިމެނެއެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑްގެ ކޯޕަރޭޓް އެފެއާޒް އަދި ފައިނޭންސް މެނޭޖަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުގެ އެކި މަގާމުތަކުގައި 10 އަހަރުގެ މުއްދަތަކަށް އޭނާ ވަނީ ހިދުމަތް ކުރައްވާފައެވެ. އޭނާ ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން ވެސް ދެ އަހަރުވަންދެން މަސައްކަތްކުރައްވާފައެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި، ބީއެމްއެލްގެ ބޯޑުގައި މިހާރު ވެސް ތިއްބެވި މެންބަރުން ވަނީ އިތުރު ދައުރަކަށް އިންތިހާބުވެފައެވެ. އެގޮތުން ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ އަށް މެންބަރުން އަލުން އެ މަގާމަށް އިންތިޚާބުވީ 99.7 އިންސައްތަ ވޯޓާއެކުއެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ތިން މެންބަރުން އިތުރު ދައުރަކަށް އިންތިހާބުވީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355