twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ރާއްޖެއަށް މުޅިން އާ ޓެކްސީ އެޕްލިކޭޝަނެއް

Jun 10, 2022

ރާއްޖޭގައި ޓެކްސީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން އުފެއްދި "ނަލަ ޓެކްސީ" ސެންޓަރުގެ ފަރާތުން ހާއްސަ އެޕެއް ލޯންްޗް ކޮށްފި އެވެ. މި އެޕް މެދުވެރިކޮށް ހިލޭ ދަތުރުކޮށްލެވޭނެ ހާއްސަ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފަ އެވެ.

ނަލަ ޓެކްސީ ސެންޓަރުގެ ފަރާތުން މާލެ ސިޓީ އަދި އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގައި ދަނީ ހިދުމަތް ދެމުންނެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ޓެކްސީ ސެންޓަރަކީ ރާއްޖޭގައި ޓެކްސީ ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މެއި 11 ވަނަ ދުވަހު އުފެއްދި ޓެކްސީ ސެންޓަރެކެވެ.

މި ސެންޓަރުގެ ފަރާތުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް ނިންމާ، މިހާރު ނަލަ ޓެކްސީގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއް ލޯންޗް ކުރުމަށް ވަނީ ތައްޔާރުވެފައެވެ. ރާއްޖޭގައި މިހާރުވެސް ޓެކްސީ އެޕްލިކޭޝަންތައް ބޭނުން ކުރި ނަމަވެސް، މިއީ އެހެން ހުރިހާ އެޕްލިކޭޝަންތަކަށް ވުރެ މުހިންމު އެތައް ފީޗާއެއް ހިމެނިފައިވާ އެޕްލިކޭޝަނެކެވެ.

އެގޮތުން ކަސްޓަމަރުން ދާ އަދަދާއި، ލަގެޖް ހުރިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ސެޓް ކޮށްލެވޭނެއެވެ. އަދި ދަތުރު މަތިން ކަމެއް ދިމާވެއްޖެނަމަ އެ ދަތުރު ޓްރެކް ކުރުމަށް އާއިލާ މީހަކަށް ލިންކް ފޮނުވޭނެ ގޮތްވެސް ވަނީ ހަދާފައެވެ.

މިރޭގެ ވަގުތެއްގައި އެޕްލިކޭޝަން ލޯންޗް ކުރަން ތައްޔާރުވެފައިވާއިރު، މިވަގުތު 150 އަށްވުރެ ގިނަ ޑްރައިވަރުން މި އެޕްލިކޭޝަން ބޭނުން ކުރަމުން ދާނެއެވެ.

މި އެޕްލިކޭޝަން ލޯންޗް ކުރުމާއެކު ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ކުރާ ފުރަތަމަ ދަތުރު ހިލޭ ކޮށްދޭނެއެވެ. 24 ގަޑިއިރަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ފެށުނީ ރޭގަ އެވެ.

މި އެޕްލިކޭޝަން މިވަގުތު އެޕަލް ސްޓޯރުންނާއި، ޕްލޭ ސްޓޯރުން ލިބޭނެއެވެ.

ނަލަ ޓެކްސީން ބުނީ، މި އެޕްލިކޭޝަން ލޯންޗް ކުރުމާއެކު، އެ ހިދުމަތް މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް ލިބޭނެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ބޮޑެތި ރަށްތަކަށް މި ހިދުމަތް ފުޅާކުރަން ނިންމާފައއިވާ ކަމަށެވެ.

އޭގެ އިތުރުން، މި އެޕްލިކޭޝަންގައި މިހާރުން ފެށިގެންވެސް ޑްރައިވަރުން ހިލޭ ރެޖިސްޓަރ ކުރެވޭއިރު، ފުރަތަމަ ތިން މަހު އެއްވެސް ޗާޖަކާއި ނުލާ ޑްރައިވަރުންނަށް މި އެޕްލިކޭޝަން ބޭނުން ކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355