twitterviber whatsapp telegramfacebookyoutube instagram
21st August 2025

މެއި މަހު މީރާއަށް 1.28 ބިލިއަން ރުފިޔާ ބަލައިގެންފި

ޚަދީޖާ އާދަމް
Jun 11, 2022

މިދިޔަ މަހު މީރާއަށް 1.28 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ. އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 63 އިންސައްތަ އިތުރު އަދަދެއްކެވެ.

މިރާއިން ބުނީ އެ އަދަދަކީ މެއި މަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.8 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީކަން ފާހަގަކޮށް މީރާއިން ބުނީ އެއީ 64.7 އިންސައްތަ ނުވަތަ 829.44 މިލިއަން ރުފިޔާ ކަމަށެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިން ކަމަށް ވާއިރު އެއީ 8.3 އިންސައްތަ ނުވަތަ 105.85 މިލިއަން ރުފިޔާ ކަމަށް މީރާއިން ބުނެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި 96.58 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 60.61 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 59.80 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 129.81 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް މީރާއިން ބުނެއެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 53.47 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިދިޔަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީއާ އަޅައިބަލާއިރު މި އަހަރުގެ މެއި މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުން ކަމަށް މީރާއިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355