twitterviber whatsapp telegramfacebookyoutube instagram
11th November 2026

ބީއެމްއެލް މާސްޓާ ކާޑާ ގުޅިގެން، ޓްރާންސިޓް ކާޑު ދޫކުރަނީ

ޚަދީޖާ އާދަމް
Jun 13, 2022
1

ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަކާޑާއި ގުޅިގެން ރާއްޖޭގައި އިންޓަގްރޭޓެޑް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމް ކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މާސްޓަ ކާޑު ވެގެން ދާނީ ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް) ދަށުން ޓްރާންސިޓް ކާޑުގެ އެކްސްކުލޫސިވް ޕޭމަންޓް ނެޓްވޯކަށެވެ.

މާސްޓަ ކާޑް އިން ޓްރާންސިޓް އާއި ގުޅުން ހުރި ޕޭމަންޓް ހެދުމަށް ބީއެމްއެލް އިން ގަބޫލު ކުރާ އެހެން ހުރިހާ ނެޓްވޯކެއް މެދުވެރިކޮށް ޕޭމަންޓް ހެދޭނެ ނިޒާމް ވެސް ގާއިމްކޮށްދޭނެ އެވެ. މި ހިދުމަތް ތައާރަފު ކުރުމުން އޯޕަން ލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން، ދަތުރު ކުރާ ފަރާތް ތަކުން ފައިސާ ދެއްކުމަށް ގިނަ ކާޑުތަކެއް ބޭނުންނުކޮށް އެއް ކާޑަކުން ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293