twitterviber whatsapp telegramfacebookyoutube instagram
7th June 2026

ބީއެމްއެލްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވައިފި

ޚަދީޖާ އާދަމް
Jun 21, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ތިން ދަރިވަރުން ހޮވައިފި އެވެ.

ބީއެމްއެލް އިން ބުނީ ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތައުލީމީ، ގާބިލް، ޒުވާން، ދިވެހި ތިން ދަރިވަރުންނަށް ލިބިގެންދާކަމީ އެ ބޭންކަށް ލިބިގެންދާ ފަޚުރެއްކަމަށެވެ.

އެގޮތުން މިއަހަރު ބީއެމްއެލް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަކީ އަޙްމަދު ނިސާލް ޢަބްދުﷲ އާއި އާމިނަތު މައިސާ ނިޔާޒު އަދި އިސްމާޢިލް ޒަކްވާން ޝިހާދެވެ.

އެ ސްކޮލަޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ހިމަނައިގެން ދެވޭ ސްކޮލަޝިޕެކެވެ.

ވާދަވެރިކޮށް ދިޔަ ސްކޮލަޝިޕް ފަންޑު ހުޅުވާލީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި މަތީ ތައުލީމު ހާސިލްކުރުމަށްފަހު ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ސްކޮލަޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑަޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355