twitterviber whatsapp telegramfacebookyoutube instagram
16th March 2026

ކަނބަލުންގެ މަސްރޭސް ކާމިޔާބުކުރީ 'ކެތްނުލަވާ ޓީމު'

Mar 31, 2025

އަންހެނުންގެ ދުވަހާ ގުޅުވައި ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ބޭއްވި ކަނބަލުންގެ މަސްރޭހުގެ އެއްވަނަ 'ކެތްނުލަވާ' ޓީމު ހޯދައިފި އެވެ.

16 ޓީމު ވާދަކުރި މި މަސްރޭހުގައި 'ކެތްނުލަވާ' ޓީމު އެއްވަނަ ހޯދީ 174.75 ކިލޯގެ މަސް ބާނައިގެންނެވެ. އެ ޓީމާ އެންމެ ގާތުން މަސްބާނާ ދެވަނަ ހޯދީ ގިޔޮޅު ޓީމެވެ. އެ ޓީމުން 149.10 ކިލޯ މަސްބޭނި އެވެ.

98.2 ކިލޯ މަސްބާނައިގެން ތިންވަނަ ކާމިޔާބުކުރީ ޝަރަފް ޓީމެވެ. މަސްރޭހުގެ އެންމެ ޝަރަފުވެރި މަގާމުކަމުވާ ކެޔޮޅުގެ މަގާމު ހޯދީ 'ގިޔޮޅު' ޓީމުގެ ލުބުނާ ހަސަނެވެ. އޭނާ 41 މަސް ބޭނި އެވެ.

6.6 ކިލޯގެ މަހަކާއެކު އެންމެ ބަރުމަސް ބޭނީ ޝަރަފް ޓީމުގެ ޝާހިދާ މުހައްމަދެވެ. އެންމެ ޒުވާން މަސްވެރިޔާގެ މަގާމު ހޯދީ ޝަރަފް ޓީމުގެ 15 އަހަރުގެ އައިޝަތު އިޝާ އަސްރަފެވެ. އޭނާ މި މުބާރާތުގައި 13 މަސްބޭނި އެވެ.

މަސްރޭހުގައި ވާދަކުރި އެންމެ ދޮށީ އުމުރުގެ މަސްވެރިޔާގެ މަގާމު ހޯދީ ރެހެނދި ޓީމުގެ 69 އަހަރުގެ އައިމިނަތު އަލީ އެވެ. މަސްރޭހުގައި ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމުދެއްވީ މޭޔަރު މުހައްމަދު އާތިފް އާއި އަންހެން ކޮމެޓީގެ ރައީސާ ހަދީޖާ މުސާ އާއި ކައުންސިލަރުންނާއި ކޮމެޓީގެ މެންބަރުންނެޗެ.

މިއީ މި މުބާރާތް ބާއްވަމުން އަންނަތާ ހަތަރުވަނަ އަހަރެވެ. މިއަހަރުގެ މަސްރޭހުގެ އިންތިޒާމުތައް ހަމަޖައްސަން ހަވާލުކޮށްފައިވަނީ ޑީޕް ފިއުޝަން ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355