twitterviber whatsapp telegramfacebookyoutube instagram
11th September 2026

ބީއެމްއެލްއިން 6 ރަށެއްގެ ކުދިންނަށް ބައިސްކަލު ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Oct 28, 2024

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ 6 ރަށެއްގައި ދިރިއުޅޭ 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް 300 ބައިސްކަލު ހަދިޔާކޮށްފިއެވެ.

މި ބައިސްކަލުތައް ބެހުމުގެ މަސައްކަތް ކޮށްފައިވަނީ ޖަމިއްޔާއެއް މެދުވެރިކޮށް ކަމަށް ބީއެމްއެލުން ބުންޏެވެ.

އެ ބޭންކުން ބުނީ މިއީ ޒުވާނުން މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް އާދަކުރުވުމާއި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް ހިތްވަރުދިނުމަށް ބޭންކުން ހިންގި ޕްރޮގްރާމެއް ކަމަށެވެ.

ބައިސްކަލު ހަދިޔާކުރި ރަށްތަކާއި އެ ޕްރޮގްރާމް ހިންގުމުގައި ބައިވެރިވި ޖަމިއްޔާތައް:

  • ހއ. ދިއްދޫ/ ދިއްދޫ ކުރިމަގު
  • ބ. އޭދަފުށި/ ވެސްޓް ވިންގްސް
  • ކ. މާފުށި/ ނިއު ސްޓާ ސްޕޯޓްސް ކްލަބް
  • ނ. މަނަދޫ/ ޗެސްޓާ
  • މ. މުލައް/ ކޮމިއުނިޓީ އެމްޕަވަމެންޓް ލިންކޭޖް
  • ވިލިމާލެ/ ސޭވް ދަ ބީޗް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293