twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރާއްޖޭ ކުރިއެރުމުގައި ޕްރައިވެޓް ޕުރީ ސުކޫލްތަކުން މުހިއްމު ދައުރެއް އަދާކުރޭ: ނައިބު ރައީސް

ނަބީލާ އިސްމާޢީލް
Jun 27, 2022

ރާއްޖޭގެ ކުރިއެރުމުގައި ޕްރައިވެޓް ސްކޫލުތައް މުހިއްމު ދައުރެއް އަދާކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ ޕްރައިވެޓް ޕްރީ ސްކޫލެއް ކަމުގައިވާ ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ގްރެޖުއޭޝަން 2021-2022 ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، މުޖުތަމައުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި ޕްރައިވެޓް ސްކޫލުތަކާއި ޕްރައިވެޓް ޕްރީ ސްކޫލުތަކުން އަދާކުރާ ދައުރު ވަރަށް މުހިއްމުކަމަށާއި، ތައުލީމީ ޖީލެއް ބިނާކުރުމުގައި އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

ނައިބު ވަނީ ގައުމު ކުރިއެރުވުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިގޮތުން ތައުލީމީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވިޔަސް ކުރިއެރުންތައް ހޯދޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުންކަން ފާހަގަކުރައްވާފައެވެ.

ތުއްތުކުދިންނަކީ އެ ކުދިންނަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ނަކަލުކުރާ ބައެއް ކަން ފާހަގަކުރައްވައި، މުޖުތަމައުގެ ތެރޭގައި ހިނގާ ނުރަނގަޅު އަމަލުތަކުން ކުދިން ސަލާމަތްކޮށް، އެ ކުދިންނަށް ނަމޫނާ ބަޔަކަށް ވުމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން ހިންގާ ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ އެސްކޭޖީގެ 11 ކުލާހެއްގެ ދަރިވަރުންގެ ތެރެއިން އެސްކޭޖީ ހަތެއް، ދިހައެއް އަދި އެގާރައިގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355