twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނޮވެލްޓީ ބުކްޝޮޕް - ކުޅުދުއްފުއްޓަށް

ނަބީލާ އިސްމާޢީލް
Jun 28, 2022
1

ރާއްޖޭގެ މަޝްހޫރު، ނޮވެލްޓީ ބުކްޝޮޕްގެ ތަކެތި ލިބޭނެ ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވަން ނިންމާ، ފޮތް ލިސްޓަށް ފޮތް ނެގޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ފުޅާ ދާއިރާގައި ސްކޫލު ސާމާނުގެ ވިޔަފާރިކުރާ ނޮވެލްޓީއަކީ ފެންވަރު ރަނގަޅު މޮޅު ސާމާނު ވިއްކާ އަދި އަގުހެޔޮކޮށް ސްކޫލަށް ބޭނުންވާ ފޮތް ފަންސުރާއި އަދި އޮފީސްތަކަަށް ބޭނުންވާ ސްޓޭޝަނަރީސްގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ބައެކެވެ.

މި ފެށޭ އެކެޑެމިކް އަހަރާ ދިމާކޮށް ކުޅުދުއްފުށިން ފަސޭހަކަމާއެކު ނޮވެލްޓީ ބުކްޝޮޕްގެ ހިދުމަތް ލިބޭނެ މަގު ހަމަޖެހިގެން ދިޔުމަކީ ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މާލެ ނުގޮސް ފޮތް ލިސްޓަށް ރަނގަޅު ކޮލިޓީގެ ފޮތް ފަސޭހަކަމާއި އެކު ހޯދުމުގެ ޚިދުމަތް މިވަނީ ނޮވެލްޓީ ބުކްޝޮޕާއި ގުޅިގެން ހޯދައިދީފައެވެ.

މިހާރުވެސް ފޮތް ލިސްޓަށް ފޮތް ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ޕްރީ ސްކޫލުން ފެށިގެންގޮސް ހުރިހާ ގުރޭޑަކަށް ބޭނުންވާ މޮޅު ފޮތް ފަންސޫރު އަލަށް މިހުޅުވާ ފިހާރައިން ލިބެން އެބަހުއްޓެވެ.

އަފީފުއްދީން ސްކޫލު ކުރިމަތީގައި އަލަށް ހުޅުވާ މި ފިހާރައިން ފޮތްލިސްޓަށް ތަކެތި ހޯދުމުން އެ ލިސްޓާއެކު ދަބަހަކާއި ސެލޯފިން ހިލޭ ލިބޭނެ އެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީ ކޮންމެ ތަނަކަށް އަދި ފެރީތަކަށްވެސް ހިލޭ ޑެލިވަރީކޮށްދޭނެ އެވެ. ފޮތް ލިސްޓަށް ތަކެތި ހޯދުމަށް 9906360 ނަންބަރަށް ވައިބާ ކޮށްލުމުން ހިދުމަތް ލިބޭނެ އެވެ.

ސްކޫލް ފޮތް ލިސްޓްގެ ސީޒަން ނިމުނުކަމުގައި ވިޔަސް ކުޅުދުއްފުށީގައި އަންނަ ޖުލައި މަހު ރަސްމީކޮށް މިފިހާރަ ނޮވެލްޓީގެ މި ބުކްޝޮޕާއި ގުޅިގެން ހުޅުވާނެކަމަށާއި މާލޭ ނޮވެލްޓީ ބުކް ޝޮޕްއިން ލިބޭ ހުރިހާ ސާމާނެއް އެތަނުންވެސް ލިބެން ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. އިތުރު މައުލޫމާތު ބޭނުންނަމަ 7791554 ނުވަތަ 7728626 ނަންބަރު ފޯނަން ގުޅާލާށެވެ.

ނޮވެލްޓީ ބުކްޝޮޕަކީ މާލޭގައި 1965 ފެށިގެން ހިދުމަތް ފޯރުކޮށްދެމުންދާ ފިހާރަ އެކެވެ. މިއީ މާލޭގައި މިވަގުތު ހުރި އެންމެ ބޮޑު އަދި ދުވަސްވީ ފޮތް ފިހާރައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355