twitterviber whatsapp telegramfacebookyoutube instagram
17th August 2022

އުރީދޫ އާއި ނޮވެލްޓީ ގުޅިގެން ފޮތް ލިސްޓް މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދެނީ

ނަބީލާ އިސްމާޢީލް
Jun 29, 2022

އުރީދޫ މޯލްޑިވްސް އާއި ނޮވެލްޓީ ބުކްޝޮޕް ގުޅިގެން އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް މުޅި ރާއްޖެއަށް ހިލޭ ފޮތް ލިސްޓް ޑެލިވަރީ ކޮށްދޭން “ބެކް ޓު ސްކޫލް” އޮފާއެއް ތައާރަފު ކޮށްފިއެވެ.

އުރީދޫ އިން ބުނީ މިއީ ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރު ފެށުމާއެކު، ސްކޫލް ފޮތްލިސްޓް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުންނާއި ބެލެނިވެރިން ދަތުރުކޮށް ފިހާރަތަކަށް ބާރުބޮޑުވެ ކިއުގައި ޖެހެން ޖެހޭތީ މިނިސްޓްރީ އޮފް އެޑިއުކޭޝަން މެދުވެރިކޮށް ބުކްޝޮޕްތަކުން ހިލޭ ދޫކުރާ ފޮތްލިސް ފަސޭހަކަމާއެކު ގޭގައި ތިބެގެން އޯޑަރުކޮށްލައި ގެއަށް ޑެލިވަރ ކޮށްލުމުގެ ފަސޭހަ ހޯދައިދިނުމަށް ފެށި އޮފާއެއް ކަމަށެވެ.

މި ޕާޓްނާޝިޕް ގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ކޮންމެތާކުން އަދި ކޮންމެވަގުތެއްގައިވެސް، މޫލީ މެދުވެރިކޮށް އޮންލައިންކޮށް ފޮތްލިސްޓް އޯޑަރކޮށްލެވި، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރީކޮށްދެވޭނެއެވެ. އެގޮތުން މޫލީ މެދުވެރިކޮށް އޯޑަރު ކުރާ ކަސްޓަމަރުންނަށް ފޮތްލިސްޓްގެ އިތުރުން ބެކްޕެކް، ސްޓިކާ ޕެކް، ސެލޯފިން އަދި ނޭމް ޓެގް ހިމެނޭ ހާއްސަ ގިފްޓް ޕެކެއް ލިބިގެންދާނެއެވެ.

މޫލީ މެދުވެރިކޮށް ފޮތްލިސްޓް ބައްލަވައިގަތުމަށް މޫލީ ވެބްސައިޓްގެ ބުކްސް އެންޑް ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެންނާނެއެވެ. ޗެކް އައުޓް ކުރާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވައުޗަ ކޯޑާއި ސްޓޫޑެންޓް އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހާލަންޖެހޭނެއެވެ.

އޯޑަރުކުރާ ތަކެތި ޑެލިވަ ކުރުމުން، އެ ފޮތްލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗަ، ޑެލިވަ ކުރާ ފަރާތާ ހަވާލު ކުރަން ޖެހޭނެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިލޭ ފޯރުކޮށްދޭ ފޮތްލިސްޓާއި ސްޓޭޝަނަރީގެ އިތުރުން، އިތުރު ސްޓޭޝަނަރީ ބޭނުންފުޅުވާ ބެލެނިވެރިންނަށް ގޯލްޑް ނުވަތަ ޕްލެޓިނަމް ޕެކޭޖަށް އޯޑަރު އަޕްގްރޭޑް ކުރެވޭނެއެވެ. މިޕެކޭޖުތަކުގައި ފޮތްލިސްޓްގެ އިތުރުން މެޕްޑް ކަލަ ޕެޕްސް ވޯޓާކަލާ މެޓަލް ސެޓް 24 ކުލަ، ފެބަ-ކަސްޓެލް ވޯޓަ ކަލާ ޓިއުބް، ކެމަލް އާޓިސްޓް އޮއިލް، ސްޓެޓެޑްލަ އެރްގޯސޮފްޓް ކަލަ ޕެންސިލް ފަދަ ޕްރިމިއަމް ބްރޭންޑްތަކުގެ ޕްރިމިއަމް ސްޓޭޝަނަރީތައް ހިމެނެއެވެ.

މި ޕެކޭޖުތަކުގައި ހިމެނޭ ތަކެތި ކަނޑައެޅިފައިވަނީ ފޮތްލިސޓް ބައްލަވައިގަންނަ ގްރޭޑަށް އެކަށޭނެހެންނެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ފޮތްލިސްޓް ހޯދުމަށް ބެލެނިވެރިން ދަތުރުފަތުރުކުރުމާއި ކިއުގައި ޖެހުން ފަދަ ތަކުލީފު ނައްތާލުން ކަމަށެވެ. ފޮތްލިސްޓްގެ އިތުރުން ބެލެނިވެރިންނަށް ސްކޫލްއަށް ބޭނުންވާ އެހެނިހެން ސްޓޭޝަނަރީ ފަދަ ތަކެތި ވެސް މޫލީ މެދުވެރިކޮށް އޯޑަރ ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރކޮށްލަދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އެއްމީދަކީ ކުރިއަށް އޮތް އަހަރަކީ ހުރިހާ ދަރިވަރުންނަށްވެސް ބާއްޖަވެރި އަދި އުފާވެރި އަހަރަކަށްވުން" ހުސައިން ނިޔާޒް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355