twitterviber whatsapp telegramfacebookyoutube instagram
30th December 2025

ބީއެމްއެލްއިން އެހީދޭ ވިޔަފާރިތައް ހޮވައިފި

ޚަދީޖާ އާދަމް
Jun 28, 2022

ބީއެމްއެލްގެ އަހަރީ ދުވަހާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން، ވިޔަފާރިތަކަށް ދޫކުރުމަށް ނިންމި ފައިސާގެ އެހީ ލިބޭ ވިޔަފާރިތައް ހޮވައިފިއެވެ. އެގޮތުން، ޖުމްލަ ހަތަރު ވިޔަފާރިއަކަށް 50،000 ރުފިޔާގެ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ އެހީ ލިބޭ ވިޔަފާރިތައް

- ނިރިސް އެމްބްރޮއިޑަރީ: މުޙައްމަދު ނަޒްލީ އަދި އާއިޝަތު ޝައްމަ މުޙައްމަދު މިހާރު ވެސް ހިންގަމުން އަންނަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް
- ކިޑްސް ޒޯން: ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް، ލަކުޑިން އެކި ބާވަތުގެ ތަކެތި ތައްޔާރުކުރަން ދަސްކޮށްދިނުމަށް އާމިނަތު އިރާޝާ އަލަށް ފަށާ ވިޔަފާރިއަށް
- ހައްވަން ކޭކްސް: ހައްވާ ސޫޒަން، ގޭގައި ހިންގަމުން އަންނަ ކޭކުގެ ވިޔަފާރި ފުޅާކޮށް، ބޭކަރީއެއް ހަދައި، ދާއިރާއިން ތަމްރީނު ދިނުމަށް
- ކްލައިމެޓް ސްމާޓް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް: ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް އާއިޝަތު ލިއުޝާ ހިންގަމުންދާ ވިޔަފާރި އިތުރަށް ފުޅާކުރުމަށް

ބީއެމްއެލުން ބުނީ އެ ފަރާތްތައް ހޮވާފައި ވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ދިޔަ ވާދަވެރި އިވެލުއޭޝަނަކަށް ފަހު ކަމަށެވެ. އެގޮތުން، ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް މިންކޮށް، އެންމެ ފާހަގަ ކުރެވޭ 10 ޕްލޭނެއް ހޮވާފައި ވެއެވެ. އަދި، ދެވަނަ މަރުހަލާހައި އެ 10 ފަރާތުގެ ޕްރެޒެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355