twitterviber whatsapp telegramfacebookyoutube instagram
16th April 2024

ހުނަރުވެރި ރައިޑަރުންތަކަކާއެކު ރާސް ޗެމްޕިއަންޝިޕް ކުޅުދުއްފުށި އެޑިޝަން ނިންމާލައިފި

މުޙައްމަދު އަހުމަދު
Jun 29, 2022

ރޭސިންގ އެސޯސިއޭޝަން އޮފް ދި މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ރާސް ޗެމްޕިއަންޝިޕް ކުޅުދުއްފުށީ އެޑިޝަންގެ އިވެންޓްތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ރޭސިންގ އެސޯސިއޭޝަނުން ރާވާ އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ގިނަ ރައިޑަރުންތަކެއް ވަނީ ބައިވެރިވެފަ އެވެ. ކުޅުދުއްފުށީ އަމީނީ މަގުގައި (ޝީޝާ)އިން ފެށިގެން ދެކުނު ކޮޅު ސްޓޭޑިއަމްއާ ހަމައަށް ކުރިއަށް ދިޔަ މިރޭހުގައި ކުޅުދުއްފުށީގެ ގިނަ ރައިޑަރުންތަކެއްގެ ހުނަރު ވަނީ ފެނިގެންގޮސްފަ އެވެ.

މިމުބާރާތުގައި ވަރަށް ގިނަ އިވެންޓްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން 135ސީސީގެ ޓްރޫ ސްޓްރީޓް އިވެންޓްގެ ރަނަރަޕްކަން އަލީ ޝިރުހާން (ސިޕޫޓީ) ހޯދިއިރު މިއިވެންޓްގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އާދަމް (ސެޓޭ) އެވެ. މިދެ ރައިޑަރުންނަކީ ވެސް އިންޑިވިޖުއަލްކޮށް ބައިވެރިވި ދެ ރައިޑަރުންނެވެ.

ޓްރޫ ސްޓްރީޓް ބައިގެ 150 ސީސީގެ ރަނަރަޕްކަން ހޯދީ ވަން ބްލަޑް ރޭސިންގެ މާޖިދް މުހައްމަދު (މާޖި) އެވެ. އަދި ޗެމްޕިއަންކަން ހޯދީ އިންޑިވިޖުއަލްކޮށް ބައިވެރިވި މުހައްމަދު ޖަޒްލާން އަބްދުﷲ (ޖައްޒެ) އެވެ. ޖަޒްލާން ވަނީ މިފަހަރުގެ މުބާރާތުގައި ގިނަ ވަނަތަކެއް ކާމިޔާބުކޮށް މުބާރާތުގައި ވިދާލާފަ އެވެ.

އެގޮތުން ޖަޒްލާން ވަނީ އޯޕަން ޓްރޫ ސްޓްރީޓުން ވެސް ޗެމްޕިއަންކަން ހޯދާފަ އެވެ. މި އިވެންޓްގެ ރަނަރަޕްކަން ހޯދީ މާޖި އެވެ. އަދި މުބާރާތުގެ މެއިން ސްޕޮންސަރ ޝީޝާއަށް ހާއްސަކޮށް ބޭއްވި ވިނާ އެކްސް އިވެންޓްގެ ޗެމްޕިއަންކަން ވެސް ހޯދީ ޖަޒްލާން އެވެ. އަދި ރަނަރަޕްކަން ހޯދީ މާޖި އެވެ.

ޓްރޫ ސްޓްރީޓްގެ ބައިގެ އިތުރުން ޕްރޯ ޑްރެގްގެ އިވެންޓްތަކެއް ވެސް މިރޭހުގައި ކުރިއަށްދިޔަ އެވެ. އެގޮތުން 120 ސީސީގެ ޕްރޯ ޑްރެގް އިވެންޓްގެ ރަނަރަޕްކަން މެގްމާ ރޭސިންގެ މިންހާލް މުހައްމަދު (މިންމި) ހޯދިއިރު ޗެމްޕިއަންކަން ހޯދީ ސިމާން އެވެ. 125 ސީސީ ޕްރޯ ޑްރެގްގެ ރަނަރަޕްކަން ލިބުނީ މެގްމާ ރޭސިންގެ އަހްމަދު އަމީޒް އަބްދުﷲ އަށެވެ. އަދި މިއިވެންޓްގެ ޗެމްޕިއަންކަން ހޯދީ ބީސްޓް ކްރޫގެ މުހައްމަދު ހުމާމެވެ.

135ސީސީ ޕްރޯ ޑްރެގްގެ ރަނަރަޕްކަން ލިބުނީ އިންޑިވިޖުއަލްކޮށް ބައިވެރިވި މުހައްމަދު ހުސެއިން އަށެވެ. އަދި މިއިވެންޓްގެ ޗެމްޕިއަންކަން ލިބުނީ ބަތާނާ ރޭސިންގ ޓީމުގެ ޔާމިން (ޔާއްޓު) އަށެވެ. 150 ސީސީ ޕްރޯ ޑްރެގްގެ ޗެމްޕިއަންކަން ބަތާނާ ރޭސިންގ ޓީމުގެ އަހްމަދު އާލިންއަށް ލިބުނުއިރު ރަނަރަޕްކަން ހޯދީ ބީސްޓް ކްރޫގެ މުހައްމަދު ހަސަން (މޮޑެކްސް) އެވެ.

ޕްރޯ ޑްރެގް އޯޕަން އިވެންޓް އަންހެން ބައިގެ ރަނަރަޕަކަން މެގްމާ ރޭސިންގެ ނިޔާޝާ (ނިޔާ) ހޯދިއިރު މިއިވެންޓްގެ ޗެމްޕިއަންކަން ހޯދީ އޮރި މޮޓޯސްގެ ޖުވައިރިޔަތު މުހައްމަދު (ޖޫލީ) އެވެ. ޕްރޯ ޑްރެގް ފިރިހެން އިވެންޓްގެ ރަނަރަޕްކަން ބަތާނާ ރޭސިންގ ޓީމުގެ އަހްމަދު އާލިންއަށް ލިބުނުއިރު ޗެމްޕިއަންކަން ލިބުނީ ހަމަ އެޓީމުގެ ޔާމިން (ޔާއްޓު) އަށެވެ.

މިފަހަރު ރޭސިންގ އެސޯސިއޭޝަނުން ވަނީ ކުޅުދުއްފުށީގައި މިބޭއްވި ރޭހުގައި ރާއްޖޭގައި އަލަށް ޑްރެގް ރޭސިންގެ ޕްރޮފެޝަނަލް އިކުއިޕްމަންޓްސް ބޭނުންކޮށްފަ އެވެ. އެގޮތުން މިފަހަރުގެ ރޭހުގައި ވަނީ ޕޯޓަޓްރީ ޓައިމިން ސިސްޓަމް ބޭނުންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355