twitterviber whatsapp telegramfacebookyoutube instagram
9th November 2026

ރިޔާސީ ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ނަބީލާ އިސްމާޢީލް
Jun 29, 2022

އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނު ހުއްޓުވަން ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރު ބާތިލްކޮށްދިނުމަށް އެދި އެ ކޯލިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައިވަނީ ޕީޕީއެމްގެ ވަކީލުން ޝަރީއަތަށް ހާޒިރުނުވުމުންނެވެ. އަދި ހާޒިރުނުވެވޭނެ ވަކި ސަބަބެއް ވެސް އަންގާފައި ނުވާ ކަމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ރައީސް ސޯލިހް، އިންޑިއާ އައުޓް ހުއްޓުވަން ގަރާރެއް ނެރެފައިވަނީ މާލޭގެ އުސް އިމާރާތްތަކުގައި ޕީޕީއެމުން "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑެތި ބެނާތަކެއް ނަގަން ފެށުމާއި ގުޅިގެންނެވެ. ގަރާރު ނެރުމުން ފުލުހުން ވަނީ ބެނާތައް ނަގާފައެވެ.

ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293